މަޑިވަރު އެއާޕޯޓު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ތިން މީހަކަށް އަނިޔާވެއްޖެ މަޑިވަރު އެއާޕޯޓު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ތިން މީހަކަށް އަނިޔާވެއްޖެ

ޅ. މަޑިވަރު އެއާޕޯޓާއި ދިމާ ކަނޑު މަތިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓުވެ ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ 08:26 ހާއިރު ރިޕޯޓު ލިބުނު އެ ހާދިސާގައި ޑިންގީގައި ތިބި ތިން މީހުންނަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަނީ ޅ. އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ.
އެކްސިޑެންޓަށްފަހު ޑިންގީ މިހާތަނަށް ފެނިފައި ނުވާއިރު، ފުލުހުންނަށް ބެލެވޭ ގޮތުގައި އެ ޑިންގީ ވަނީ އަޑިއަށް ގޮސްފަ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ