ސޯޝަލް މީޑިއާގައި ބައެއް މީހުން އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ހެދުން އަޅައި ފޮޓޯ އަދި ވީޑިއޯ އާންމު ކުރާ މައްސަލަ އާއި އެކި ސްކޭމްތަކާ ގުޅޭ ގޮތުން ފުލުހުން ހިމެނޭހެން ގުޅުންހުރި މުއައްސަސާތައް މަޖިލީހަށް މިއަދު ހާޒިރު ކުރި ކޮމިޓީ ސިއްރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ދެ މައްސަލަ ވަކި ދެ މައްސަލައެއްގެ ގޮތުގައި ދިރާސާ ކުރަމުން އަންނަނީ މަޖިލީހުގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ކޮމިޓީންނެވެ. މިއަދު އެ ކޮމިޓީގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން މަޝްވަރާ ކުރުމަށް ފުލުހުންނާ އެކު އިތުރު ދެ މުއައްސަސާއެއްގެ ވެރިން ހާޒިރު ކުރި އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
އެމްއެންޑީއެފް
ކޮމިއުނިކޭޝަންސް އޮތޯރިޓީ
ތަފްސިލު - މި ކޮމިޓީއަށް އެ ތިން މުއައްސަސާގެ އިސް ބޭފުޅުން ހާޒިރު ކުރި މައިގަނޑު ދެ މައްސަލައަކީ:
އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ސޯޝަލް މީޑިއާގައި ހެދުން އަޅާފައި ހުންނަ ފޮޓޯ އާއި ވީޑިއޯ އާންމު ކުރާ މައްސަލައިގައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި މިކަން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް
ސޯޝަލް މީޑިއާގައި ހިންގާ ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމުތަކާއި އެންމެހާ ސްކޭމްތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް
ކޮމިޓީ ފަށައި މެންބަރުން އެ ދެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރައްވަން ފެއްޓެވުމާ އެކު، ފުލުހުންގެ ފަރާތުން ހާޒިރުވެވަޑައިގެންނެވި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް އެދިވަޑައިގެންނެވީ ބައްދަލުވުން ސިއްރު ކުރުމަށެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ:
ފުލުހުންގެ މަސައްކަތުގެ ގޮތުން އާންމުންނަށް އެނގެން ނުޖެހޭ ނުވަތަ އެނގެން ބޭނުން ނުވާނެ ބައެއް މައުލޫމާތުތައް ކޮމިޓީގައި މި މައުލޫގައި ދައްކަން ޖެހިދާނެތީ
ޝަރީފްގެ އެ އެދިވަޑައިގަތުމާ އެކު ކޮމިޓީ ސިއްރު ކުރަން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް ތާއީދު ކުރެއްވި އެ ހުށަހެޅުން އިއްތިފާގުން ފާސްވި ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.
ބަރަހަނާވުމާއި ސްކޭމް މައްސަލައިގައި ފުލުހުން ހާޒިރު ކުރި ކޮމިޓީ ސިއްރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ