މާލޭ ގެއެއްގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީހުއްދަ ނޫން ގޮތުގައި ގެއެއްގައި މީހަކު ބަންދުކޮށްފައި ހުރިކަމުގެ ރިޕޯޓެއް ލިބުނީ، މިއަދު ހެނދުނު 06:00 ހާއިރު ކަމަށެވެ.
މި ރިޕޯޓާ އެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެމީހާ ސަލާމަތް ކޮށްފައިވާކަމަށާއި އެއީ ބަންގްލަދޭޝް ފިރިހެނެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިތުރަށް ފުލުހުން ބުނީ އޭނާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ނަމަވެސް، އޭނާގެ ސިއްހީ ހާލަތު ބެލުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މާލޭގެ ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ މަރަދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލުގެ 300 ދަރިވަރުންނާއެކު ‘ފަތަމާ ހިނގާ’ ފަށައިފި ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ތިނަދޫ މީހަކު ހޯދަނީ ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަނީ މަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ