ދަރިން ތަރުބިއްޔަތު ވަނީ ސްކޫލް ހުންނަ ގޮތަކުން ނޫން

ދަރިވަރުން ތަރުބިއްޔަތު ވަނީ ސްކޫލެއް ހަދާފައި ހުންނަ ގޮތަކުން ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އަލްމަރްހޫމް ޢުމަރު ޒާހިރުގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ފޮތެއް ނެރެދެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ދަރިވަރުން ތަރުބިއްޔަތު ވަނީ މާ ރީތި ސްކޫލަކަށް ނުވަތަ މާރިތި ބިލްޑިންއަކަށް ވެގެން ނޫން ކަމަށެވެ.
"ސްކޫލެއްގައި ދަރިވަރުން ތަރުބިއްޔަތު ވަނީ އަދި ރިވެތި ސިފަތައް ކުދިން ގައިގައި އަށަގަންނަނީ އެ ސްކޫލެއް ހަދާފައި ހުންނަ ގޮތަކުން ނޫން. ޖަހާފައި ހުންނަ މުއްޓަކުން ނޫން. ފުރާޅުގައި ޖަހާފައި ހުންނަ ކުލައިގެ ޓިނަކުން ނޫން." ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ސްކޫލްގައި ދަރިވަރުން ތަރުބިއްޔަތު ވަނީ އެ ސްކޫލެއްގައި ތިބޭ ލީޑަރުންގެ ގައިގައި ހުންނަ ސިފަތަކެއްގެ ސަބަބުން ކަމަށެވެ. އަދި 1960 ގެ ތެރޭގައި އަލްމަރުހޫމް އުމަރު ޒާހިރު ވަނީ މި ފަސްގަނޑަށް އަދި ދަރިންނަށް އެ ނަމޫނާ ދައްކުވައިދީފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
މިފެންނަނީ ރ.@ibusolih އަދި އެމްޑީޕީގެ ވިސްނުމުގެ ފެންވަރެވެ. އެތައް ޚަރަދެއްކޮށް އެތައް ދުވަހެއް ފަހުން ހަދިޔާ މިކުރީ އެޓިނު ސްކޫލެވެ. ‘ކޮތަރުކޮށި’ އަދިވެސް ފެންނަނީ ވ. ޒަމާނީ އަދި ޗާލުތަނެއްގެ ގޮތުގައެވެ. މިޙާލަތު ބަދަލްވާނީ 2023 ގައި ޞާލިޙުގެ ވެރިކަން ބަދަލްކޮށްގެން. https://t.co/E2M79QHrON
— Mohamed Jameel Ahmed (@MJameelAhmed) September 4, 2022
ފައިސަލް މިހެން ވިދާޅުވެފައި މިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ފުރަތަމަ ސްކޫލް، ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގެ ޑިޒައިނާއި ގުޅޭގޮތުން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ އެ އިމާރާތުގައި ސްކޫލެއްގެ އެއްވެސް ސިފައެއް ނުޖަހާ ކަމަށާއި އެތަން ވައްތަރީ ލޯކަލް މާރުކޭޓާ ކަމަށް ބުނެފަ އެވެ.
Is this a 'Tinu Gudhan'?
Ehves gothakah school eh faadu nujahaa!
30 Million ge result akee meethoa?!
V suvaalu ufedhey!!! @hdcmaldives pic.twitter.com/uYQzPWBVf5
— Ali Zaid (@alizaid1000) September 4, 2022
އެ ސްކޫލް ހުޅުވުމުން ދެވަނަ ފިޔަވަހީގައި އުޅޭ މީހުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެ ސްކޫލްގެ ކިޔެވުން އިއްޔެ ފެށީ 824 ދަރިވަރުންނާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ