ޑްރަގް ކޯޓުން ވައްކަން ކުރި މީހާ ހައްޔަރުކޮށްފި

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، ސ. ހިތަދޫ، ދެކުލައަރާގެ، މުހައްމަދު އަސްލަމް 32އ، އެވެ.
ޑްރަގް ކޯތުން ވައްކަން ކުރި މީހާ ހައްޔަރުކޮށްފިއެވެ.ޑްރަގް ކޯޓުގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން އެ ކޯޓަށް ވަދެ ވައްކަން ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަގެ ރޭ ދަންވަރުއެވެ.މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، ސ. ހިތަދޫ، ދެކުލައަރާގެ، މުހައްމަދު އަސްލަމް 32އ، އެވެ.އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވހުއެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.ބަންދު އަމުރުގައިވާ ގޮތުން އޭނާ އަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އަދި ސަރުކާރުގެ އޮފީސްތައް ފަޅާލައި ވައްކަން ކުރާ މައްސަލަތަކުގެ ކުށުގެ ރެކޯޑުވެސް ގިނަ މީހެއް ކަމަށް ބަންދު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.ޑުރަގް ކޯޓުގެ ޖަލްސާ ކުރާ މާލަމުގެ ކުޑަދޮރު ހަލާކު ކޮށްގެން ވަދެ އޭނާ ވަނީ އެކޯޓުގެ ރެކްރިއޭޝަން ކުލަބުގެ ފައިސާތަކެއް ވަގަށް ނަގާފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ