މޫސުން ގޯސްވެ، 14 އަތޮޅަކަށް ރީނދޫ ސަމާލު!

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވުމުގެ ސަބަބުން 14 އަތޮޅަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރީންދޫ ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށެވެ. އެއީ މިއަދު ހެނދުނު 11:15 އިން މެންދުރު ފަހު 2:00 އަށެވެ.
މެޓު އޮފީހުން ނެރެފައިވާ ސަމާލުގައި ބުނެފައި ވަނީ އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެފަިއ ވެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު، މެޓުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ރ. އަލިފުއްޓަށެވެ. އެއީ 122.1 މިލިމީޓަރުގެ ވާރޭއެވެ.
ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ