މައްސަލަ ހައްލުކޮށް ހިޔާ ޓަވަރުތަކަށް ކަރަންޓް ދީފި

ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑުމަށް މެދުވެރިވި މައްސަލަ ހައްލުކޮށް ކަރަންޓް ދީފިއެވެ.
ހިޔާ ފްލެޓް ތަކުން ކަރަންޓް ކެނޑިފައިވަނީ މިއަދު މެންދުރު 12 ޖަހާކަށް ހާއިރު ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެެވެ.
މައްސަލަ ހައްލުކޮށް މިހާރު ވަނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދެވިފައި. ދިމާވި ދަތިތަކަށް މާފަށް އެދެން. ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވަން.
— STELCO (@STELCOMALDIVES) November 15, 2022
ސްޓެލްކޯ އިން “ސަންގު” އަށް މައުލޫމާތުދެމުން މީގެ ކުރިން ބުނެފައިވަނީ ކަރަންޓު ކެނޑުނީ މަގެއް ހަދަން އުޅުމުގެ ތެރޭގައި ހިޔާ ފްލެޓަށް އަޅާފައިވާ މެއިން ކޭބަލް ބުރިވުމުގެ ސަބަބުންކަމަށެވެ. މިހާރު މަސައްކަތްކުރަނީ އެހެން ރޫޓެއް މެދުވެރިކޮށް ކަރަންޓު ދިނުމަށްކަމަށާއި، ނަމަވެސް އެގޮތަށް ކަރަންޓު ނުދެވިއްޖެނަމަ މެއިން ކޭބަލް ރިޕެއާ ކޮށްގެން ކަރަންޓު ދިނުމަށް 3 ގަނޑިއެއްހާއިރު، ނަގާނެކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުއާ ގުޅޭގޮތުން އެޗްޑީސީން ބުނީ އެ ނެޓްވޯކަކީ އެޗްޑީސީ އިން ބްރައުންސް ސީއެމްއީީސީއަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށް ކަރަންޓް ކުންފުނި ސްޓްލެކޯގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގައި ސްޓެލްކޯގެ ޒިންމާއަކީ ދެ ކުންފުނީގެ މެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ކަމަށެވެ.
މީގެ ކުރީގައިވެސް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް، ކޮނުމުގެ ތެރޭގައި ގެއްލުންވެގެން ހިޔާ ފްލެޓުތަކުން ކަރަންޓު ގޮސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ