އަދާލަތު ޕާޓީގެ އިމްރާން އަބްދުﷲގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދިފާއީ ހެކިން ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ. މިގޮތަށް އެ ކޯޓުން ނިންމީ ކުރިން އިމްރާނުގެ ފަރާތުން އެކަމަށް އެދިފައި ނެތުމުން ކަމަށް ބުނެ އެވެ.
މިދިޔަ މެއި މަހުގެ އެއްވަނަ އަދާލަތު ޕާޓީ އިސްވެ އޮތް ބޭއްވި އެއްވުމުގައި އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ދައުކަތުން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު މި މައްސަލާގައި ހެކިތައް ބެލުމާއި ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ވަނީ ނިމިފައެވެ. މި މަރުހަލާގައި އިމްރާނުގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އެންމެ ހެއްކެކެވެ. އެއީ މޭޑޭގައި އިމްރާން ދެއްކެވި ވާހަކައިގެ ފަސް މިނެޓްގެ ވީޑިއޯއެކެވެ. ދައުލަތުގެ ފަރާތުން ގިނަ ހެކިތަކެއް ހުށަހަޅާފައިވެއެވެ.
އިމްރާންގެ ފަރާތުން މިދިޔަ ބުދަ ހުށަހެޅި ދިފާއީ ހެކިން ބަލައިނުގަނެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު އެކަން ވަނީ އިމްރާންގެ ފަރާތުން ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އިމްރާންގެ މައްސަލަ މަޑުޖައްސާލުމުގެ އަމުރަކަށް އިމްރާންގެ ފަރާތުން ހައިކޯޓުގައި އެދިފައިވީނަމަވެސް އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ.
ހައިކޯޓަށް އެފަދަ އަމުރެއް ނެރެދިނުމަށް އިމްރާން އެދުނީ، އިމްރާންގެ މައްސަލަ ބައްލަވާ ބާރީ ގާޒީ ބަދަލުކޮށްދިނުމަށް އެދި ސްޕްރީމް ކޯޓަށް މައްސަލަ އެއް ވައްދާފައިވާތީއެވެ. އެ މައްސަލަ ސްޕްރީމް ކޯޓަށް ވައްދާފައިވަނިކޮށް ވެސް އިމްރާންގެ މައްސަލާގެ އަޑުއެހުމެއް ބާއްވާފައިވެއެވެ. އެ އަޑުއެހުމުގައި ވެސް އިންނެވީ ބާރީ ގާޒީއެވެ.
އިމްރާން ހުށަހެޅި ދިފާއީ ހެކިން ކޯޓުން ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ