މަގާމާ ހަވާލުވީ ޕާޓީގެ މަސްލަހަތަށް: ސަލީމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމާ ހަވާލުވީ ޕާޓީގެ މަސްލަހަތަށްޓަކައި ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވުމާ އެކު، ޕީއެންސީން މަޖިލީހުގެ ނައިބު ރައީސްގެ ގޮތުގައި އިހްތިޔާރުކުރީ ސަލީމެވެ. މަގާމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ޕީއެންސީ ހަރުގޭގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަފުޅުކަދައްކަވަމުން ސަލީމް ވިދާޅުވީ އޭނާ މަޖިލީހުގެ ރައީސްގެ މަގާމް ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެ މަގާމާ ހަވާލުވާން ނިންމީ ޕާޓީގެ މަސްލަހަތާއި ޕީއެންސީ އެތެރޭގެ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމުގެ ނިޔަތުގައި ކަމަށެވެ."އަޅުގަނޑު [މަގާމް] ބޭނުން ނުވާ ބައިވަރު ސަބަބު އެބަހުރި. އަޅުގަނޑަކީ އަމިއްލަ މަސައްކަތުގަ ވަރަށް ބިޒީ މީހެއް. ނަމަވެސް އަޅުގަނޑަށް މުހިންމު އަމިއްލަ ވިޔަފާރި އަށް ވުރެ މި ގައުމު." ސަލީމް ވިދާޅުވި އެވެ. ސަލީމް ވިދާޅުވީ އޭނާއަކީ މާ މަތީ ފެންވަރުގައި އުޅެން ބޭނުންވާ ބޭފުޅެއް ނޫން ކަމަށެވެ.ސަލީމް އިތުރަށް ވިދާޅުވި ގޮތުގައި މަގާމުގެ ހައިސިއްޔަތުން ދައުލަތުގެ ކާރަކާ ހަވާލުވާން މަޖިލީހުގެ އިދާރާއިން ގުޅާފައި ދެންނެވި ނަމަވެސް، އެކަމާ ހަވާލުވެނުލައްވާނެ ކަމަށެވެ."އަޅުގަނޑު މިހާރު ވެސް ދާގޮތަށް މީހެއްގެ ސައިކަލް ފަހަތުގައޭ ވަޑައިގަންނަވާނީ. އެހެންވީމަ އަޅުގަނޑަކީ މާ މަތީ ފެންވަރުގައި އުޅެން ބޭނުންވާ ބޭފުޅެއް ނޫން،" ސަލީމް ވިދާޅުވިއެވެ.މީގެ އިތުރުން ސެކިއުރިޓީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އޭނާގެ ސެކިއުރިޓީ ހެއްދެވި ފަރާތާ ހަވާލުކުރައްވާފައިވާ ކަމަށާއި، އިތުރު ސެކިއުރިޓީއެއް ބޭނުންފުޅު ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ