މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ރުފިޔާ ބަހައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ މިއަހަރުގެ ހައްޖުމަހުގެ 1އާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތުގެ ފައިސާ ޖަމާކޮށްދީފައެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ، މިއަހަރުގެ ހައްޖުމަހުގެ 1އާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ޖުމުލަ 2،384 މީހުން ދަފްތަރުވެފައިވާކަމަށެވެ. އެ ފަރާތްތަކަށް ޒަކާތް ބަހާފައިވާއިރު ބޮލަކަށް ޖެހިފައިވަނީ 5500 ރުފިޔާއެވެ. އެއީ ޖުމުލަ 13,112,000 ( ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ރުފިޔާއެވެ.
މިއަހަރު ބޮލަކަށް ޖެހުނު މިންވަރަކީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އަދި މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު ޢަދަދެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.
މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ރުފިޔާގެ މަގުން ބަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ