ފުލުހުންގެ ވަޒީފާއިން ޕޮލިސް ބޯޑުގެ ލަފައަށް ވަކިކުރި އިސް ދެ އޮފިސަރު ކަމަށްވާ މުހައްމަދު ޖަމްޝީދާއި އަހުމަދު މުހައްމަދަށް އަލުން އިއާދަކޮށްދީފިއެވެ.
މި ދެ ބޭފުޅުންނަށް ވަޒީފާ ދީފައި ވަނީ، ދެ އޮފިސަރުން ވަޒީފާއިން ވަކިކުރި އިރު ތިބި މަގާމުކަމަށްވާ އެސިސްޓެންޓް ކޮމިޝަނަރ ގެ ރޭންކުގައެވެ.
ދެ ބޭފުޅުން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
އޭރު ޕޮލިސް ބޯޑުގެ ލަފައަށް ޖުމްލަ ހަތް އޮފިސަރަކު ވަޒީފާއިން ވަކިކުރި އެވެ.
އެއީ:
ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު
ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
މި ހަތް އޮފިސަރުންގެ ތެރެއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގައި ބައިވެރިވެފައި ނުވަނީ ފަރުހާދު ފިކުރީ އާއި އަހުމަދު ޝުހާދެވެ.
މައްސަލަ ހައިކޯޓުގައި އޮންނަތާ ގިނަ ދުވަސް ފަހުން، މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ މައްސަލަ ބާތިލުކުރި އެވެ. އެގޮތުން، ދައުލަތުން ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ، މައްސަލަ ބާތިލުކުރީ އެވެ.
ޖަމްޝީދާއި އަހުމަދު މުހައްމަދު ފިޔަވައި، އެހެން ފުލުހުންގެ އޮފިސަރުން އަދިވެސް ވަޒީފާގައި ތިބެ، އޭގެ ތެރެއިން އަބްދުﷲ ޝަރީފް ވަނީ އެސިސްޓެންޓް ކޮމިޝަނަރަށް ޕްރޮމޯޓްކޮށްފަ އެވެ.
މި އޮފިސަރުންނަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރިއިރު، ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ މިދިޔަ ޖުލައި މަހު ބާތިލްކުރީ، ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށް ބުނެ އެވެ.
ދައުލަތުން މި ނިންމުން އިސްތިއުނާފުކޮށްފައި ނުވެއެވެ.
ޕޮލިސް ބޯޑުގެ ލަފައަށް ވަކިކުރި ޖަމްޝީދާއި އަހުމަދު މުހައްމަދަށް އަލުން ވަޒީފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ