އެހާރާއި މިހާރުގެ ތަފާތު ދައްކުވައިދޭ ހާއްސަ ފޮޓޯ ސެކްޝަނެއް ހަވީރު އޮންލައިނުން ތައާރަފްކޮށްފި އެވެ.
ހަވީރު އޮންލައިންގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، "އަދުގެ ލޮލުން އިއްޔެ" ގެ ނަމުގައި ލޯންޗުކުރި މި ސެކްޝަނަކީ މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގެ ކުރީގެ ފޮޓޯތަކާއި މިހާރު އެ ތަންތަނަށް އައިސްފައިވާ ބަދަލުތައް ވަރަށް ތަފްސީލްކޮށް ދައްކައިދޭނެ ސެކްޝަނެއް ކަމަށެވެ. އެ ސެކްޝަންގެ ލިންކެއް ހަވީރު ވެބްސައިޓްގެ ހޯމް ޕޭޖްގައި މިހާރު ފެންނަން އެބަހުއްޓެވެ.
"އަދުގެ ލޮލުން އިއްޔެ" ސެކްޝަން ފުރަތަމަ ފަށާއިރު މާލޭގެ ތާފާތު  11 ސަރަހައްދެއްގެ އެހާރާއި މިހާރުގެ ފޮޓޯތައް ފެންނަން ހުންނާނެ ކަމަށާއި ކުރީގެ ފޮޓޯތައް ލިބޭ ވަރަކުން އިތުރު ކުރަމުން ގެންދާނެ ކަމަށް ހަވީރު އޮންލައިނުން ބުނެ އެވެ.
މި ފޮޓޯ ސެކްޝަނުގައި މީގެ  40 އަހަރު ކުރީގެ މާލެ ދައްކުވައިދޭ ފޮޓޯތައް ވެސް ހިމެނެ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އޮންލައިންކޮށް ހަބަރުތައް ގެނެސްދޭން ފެށި، ހަވީރު އޮންލައިން ތައާރަފުކޮށްފައި ވަނީ  1997 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. ތަފާސްހިސާބު ދައްކާ ގޮތުން ހަވީރު އޮންލައިނަށް މަހަކު  1.3 މިލިއަނަށް ވުރެ ގިނަ ވިޒިޓްސް ލިބެ އެވެ.
    
    އެހާރާއި މިހާރުގެ ތަފާތު ދައްކުވައިދޭ ފޮޓޯ ސެކްޝަނެއް ހަވީރު އޮންލައިނުން ތައާރަފްކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ