މެންބަރު އަހުމަދު މޫސާ އާއި ސަރަނގު އާދަމް މަނިކު ޖީއައިޕީއާ ގުޅިއްޖެ

ރައްޔިތުންގެ ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ އާއި މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސަރަނގު އާދަމް މަނިކު، ގައުމީ އިއްތިހާދު ޕާޓީއަށް މިރޭ ސޮއި ކުރައްވައިފި އެވެ.
އެ ދެ ބޭފުޅުން ސޮއި ކުރެއްވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން މިރޭ ކުރިޔަށް ގެންދާ ޖަލްސާގެ ތެރޭގައި ދާދި ދެންމެއަކު އެވެ. މީގެ އިތުރުން ކުރިން އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފު އާދަމް ރަސްމީކޮށް ޖީއައިޕީއަށް މިރޭ ސޮއި ކުރެއްވި އެވެ. ދެން ސޮއި ކުރެއްވީ ވިޔަފާރިޔާ ޖައުފަރު އީސާ (ޖައުޝާ ޖައުފަރު) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ