މިގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީންއަށް ވޯޓްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމީނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމުމަށްފަހު ޕީޕީއެމްގެ ރައީސް މައުމޫނާއި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓާއިއެކު ރޭ ކުރިއަށް ގެންދިޔަ ފުރަތަމަ ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން މިގޮތަށް ނިންމީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.
ގާސިމް ވިދާޅުވީ ފުރަތަމަ ނިންމެވި ނިންމެވުމަށްފަހު ދެވަނަ ވިސްނުމަކަށް ދިޔައީ ގައުމުގެ ރައްކާތެރި ކަމާއި މައްސަލަހަތާއި މިނިވަން ކަމަށް ބަލައިގެން ކަމަށާއި ކައުންސިލަށް ވެސް އެގޮތަށް ގަބޫލު ކުރެވުނީ ކަމަށެވެ. އެއިން ދައްކައިދެނީ ޔަމީނަށް ތާއީދު ކުރުމަކީ ގައުމުގެ ކުރިމަގު ބައްޓަން ކުރަން އޮތް ފުރުސަތު ކަމަށެވެ. މިކަން ނިމިގެން ދިޔައީ ޖޭޕީން ޑިމާންޑް ކުރި ފުރުސަތު ތަކަށް ބަލައިގެން ނޫން ކަމަށާއި އަނެއް ދެޕާޓީން ހުށަހެޅި މުޅިން އެއްކަހަލަ ޕްރޮޕޯސަލްތަކަށް ބަލާފައި ކަމަށެވެ. އެކަމަކު ޖޭޕީގެ ވަރަށް ގިނަ ކަންތައްތައް އެއްގޮތް ބޮޑެތި ތަފާތުތައް ހުރީ ޕީޕީއެމްގެ ހުހެޅުމުގައި ކަމަށެވެ. އދި ޖުމްހޫރީ ޕާޓީގެ މި ނިންމުމަކީ ވަރަށް ގައުމީ އަދި ވަތަނީ ރޫހެއްގައި ނިންމަވާފައިވާ ނިންމުމެއް ކަމަށާ މި ނިންމުން ނިންމަވައިދެއްވި ކަމަށްޓަކައި ކައުންސިލުންގެ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
"މިތިބީ ވަރަށް ގާތްކޮށް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން އިރާދަ ކުރެއްވިއްޔާ މިކަން ކާމިޔާބުވާނެ. އަޅުގަނޑުގެ އާދޭހާއެކު އެދެނީ ޔާމީނަށް ވޯޓް ދެއްވުމަށް، މިދަނޑިވަޅުގައި 16 ވަނަ ދުވަހާ ހަމަށް ދާއިރު މާތް ﷲ ކާމިޔާބު ދެއްވާނެ. މިކަން މިނިންމީ ހަސަދަވެރިވެގެނެއް ނޫން. ގާތް ވެގެނެއް ނޫން. މީގެ ކުރިން އަޅުގަނޑު 2008 ގައި އެމްޑީޕީއާ ގުޅެން ވެސް މިއަދުވެސް މިއައީ އެފަދަ ނިންމުމެއް، މިއީ މިއުންމަތާ ދީނާއި ވަތަނުގެ ހިމާޔާތަށް ކުރި ކަމެއް. ވަގުތެއް ނެތް މި ގައުމު ސަލާމަތުން ބާއްވަން ބޭނުންނަމަ ޔާމީނަށް ވޯޓް ދެއްވުން އެދެން. ޔާމީނަށް ވޯޓް ދިނުމަކީ މިއަދު ގައުމަށް އޮތް އެންމެ ރަނގަޅު ގޮތް، އަޅުގަނޑަށް މީހަކަށް ކަމެއް ކޮށްދެވިފައިވާނަމަ ބަދަލެއް ދޭށެކޭ ނޫން މިދެންނެވީއަކީ" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގައުމުގެ ހާލަތު މިހާރު އޮތްގޮތާއިމެދު ހުރިހާ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމަށާ ގައުމާއި ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީންނާއި ރަނިންމޭޓް ޑރ މުހައްމަދު ޖަމީލް އަހްމަދަށް ވޯޓްދެއްވުމަށް "ވަރަށް އަދޭހާއެކު" އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް އިންތިހާބު ދެފަހަރު ބޭއްވުމުން ވެސް، އެއީ 7 ސެޕްޓެންބަރު ގައި ބޭއްވި އިންތިހާބާއި 9 ނޮވެމްބަރުގައި ބޭއްވި އިންތިހާބުގައި ވެސް އަޅުގަނޑު ބަލިވެގެން ދިޔައީ. ޖަޒުބާރުގައި އެއްޗެހިތަކެއް ބަޔަކު ކިޔަސް. އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ އެ ނިންމުން. ގައުމުގެ ކުރިމަތީގައި ތިމާ ބޮޑުވެގެން ނުވާނެ. އަދި އަޅުގަނޑު ނުހޮވުމުން އަޅުގަނޑަށް ވޯޓް ދެއްވި ބޭފުޅުން މާޔޫސް ނުވުމަށްވެސް އަޅުގަނޑު އެދެން" ގާސިމް އިވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ 2008 ގައި ވެރިކަމަށް އިންތިހާބު ކުރި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފެނުނު ފަދަ ކަންތައްތަކެއް ޔާމީންގެ ވެރިކަމެއް ފެންނާނެ ކަމަށް އެއްގޮތަކަށްވެސް ގަބޫލުނުކުރައްވާ ކަމަށާއި، ޔާމީނަކީ ކުރީގެ ރައީސް ނަޝީދާ އަޅާ ކިޔުއްވާއިރު، ސަރުކާރާއި، ގާނޫނު ހަދާ މަޖިލީހާއި އަދި އިގްތިސާދީ ދާއިރާގައި ގިނަ ތަޖުރިބާ ތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ރައީސް މައުމޫނަށް އިޝާރާތް ކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ ޔާމީންއާ ޕީޕީއެމްގެ ފަހަތުގައި ހުންނެވީ މިގައުމަށް ޑިމޮކްރަސީއާ އިސްލާހީ ބަދަލުތަކެއް ގެނެސްދެއްވި ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށާއި، ރައީސް މައުމޫންގެ އިރުޝާދާއެކު ކަންކަން ގޯޅި އަޅައިގެންދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"ނިކަމެތި ކަމެއް އަންނަ ނަމަ ޔާމިން ކައިރީގައިވެސް ދަންނަވާނަން. ނަސޭހަތްތެރިވާނަން. އަދި އިންޒާރު ވެސް ދޭނަން އެކަން ރަނގަޅު ކުރުމަށް. މި އުންމަތުގެ ސަލާމަތައްޓަކައި ޔާމީނަށް ވޯޓު ދެއްވާށޭ. އަޅުގަނޑު އަނބިދަރިންނަށް ވިޔަސް ދުރު ރައްޓެއްސަކަށް ވިޔަސް އަޅުގަނޑު ދަންނަވަނީ މިކަން ކޮށްދެއްވާށޭ" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރައްވާނެ ކެންޑިޑޭޓެއް ނިންމެވިއިރު، މިގައުމުގެ ސަލާމަތީ ބާރުތަކާއި، ޝަރުއީ ދާއިރާގެ ހިމާޔަތުގައި މަސައްކަތް ކުރައްވާނެ ކެންޑިޑޭޓަކީ ކޮބައިކަންވެސް ބެއްލެވި ކަމަށެވެ.
ގައުމަށް އެންމެ ރަގަޅީ ޔާމީނަށް ވޯޓް ދެއްވުމުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ