ރައީސް ވަހީދު ރިޔާސީ ކެންޑިޑޭޓުންނާ ބައްދަލުކުރައްވަން ނިންމަވައިފި
އަންނަ ހޮނިހިރުދުވަހު އަލުން ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުންނާ ބުދަދުވަހު ބައްދަލުކުރައްވަން ރައީސް މުހައްމަދު ވަހީދު މިއަދު ނިންމަވައިފި އެވެ. ރައީސް އޮފީހުން ބުނީ އެމްޑީޕީގެ މުހަންމަދު ނަޝީދާއި ޕީޕީއެމްގެ އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހީމްއާ ރައީސް ވަހީދު ބައްދަލު ކުރައްވަންް ނިންމެވީ މިނިވަން އިންސާފުވެރި، ސުލްހަވެރި އިންތިޚާބަކަށް ހެދުމަށް ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު ދެއްވައި، ހުރިހާ ކެންޑިޑޭޓުންނަށް ވެސް ރައީސް ވަހީދު މިއަދު ސިޓީ ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ބައްދަލުވުން ބާއްވަނީ އަންނަ ބުދަދުވަހުގެ ހެނދުނު 11:30 ގައި ރައީސް އޮފީހުގަ އެވެ. މީގެ ކުރިން ވެސް ރައީސް ވަހީދު ވަނީ އިންތިޚާބާ ގުޅޭ ކަންކަމުގައި ބައެއް ކެންޑިޑޭޓުންނާ ވަކިވަކިން ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ