ކުޅޭ އެއްޗެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު ކުއްޖަކު ހައްޔަރުކޮށްފި

ކުޅެން ގެންގުޅޭ ރަބަރު މިނިކާވަގެއްގެ ބަނޑުތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފޮރުވައިގެން އުޅުނު 15 އަހަރުގެ ކުއްޖަކު ލ.ގަމުން ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތިން ޕެކެޓާ އެކު މިކުއްޖާ ހައްޔަރުކޮށްފައިވަނީ، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލެއިން ގަމަށް ދިޔަ ބޯޓަކުން ގެންދިޔަ ތަކެތި ބަލައި ގޮސް ހުއްޓާ ބޯޓު ކައިރިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ