ބާރަށު ދާއިރާގެ މެމްބަރުގެ ހަރަދުގައި އެ ރަށު ބޭސްފިހާރައިގެ އިމާރާތް އަޅައިދީފި
ހއ. ބާރަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހަރަދުގައި، އެ ރަށުގައި ބޭސްފިހާރަ ހިންގާނެ އިމާރާތެއް ކޮށް، އެ އިމާރާތް އެސްޓީއޯއާ އިއްޔެ ހަވާލުކޮށްފި އެވެ. ބާރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ބޭސްފިހާރަ ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ. އަދި އެސްޓީއޯ އިން ވަނީ ޝުޖާއުގެ މަސައްކަތުގެ އަގު ވަޒަންކޮށް، ހަނދާނީ ފިލައެއް ވެސް މި ރަސްމިއްޔާތުގައި އޭނާ އަށް އަރުވައިފަ އެވެ. ބާރަށުގައި އެސްޓީއޯ ބޭސްފިހާރަ ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެ ދާއިރާގެ މެމްބަރު ޝުޖާއު އަށް އެސްޓީއޯގެ އެމްޑީ ޝަހީރު ހަނދާނީ ފިލައެއް އަރުވަނީ.---ފޮޓޯ: އެސްޓީއޯ އެސްޓީއޯއިން ބުނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯ ބޭސްފިހާރައެއް ހުޅުވުމުގެ މަޝްރޫއުގެ ދަށުން ބާރަށުގައި ގާއިމް ކުރި ބޭސްފިހާރައިން އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ. ސަރުކާރާއި އެސްޓީއޯ ގުޅިގެން ކުރިއަށް ގެންދާ މި ބޮޑު މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 104 ރަށެއްގައި އެ ކުންފުނީގެ ބޭސްފިހާރަ ހުޅުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ