ރާއްޖޭގެ ރައްޔިތުން މިވަގުތު ބޭނުންވެފައިވަނީ ރާއްޖޭގައި ޤާނޫނީ ވެރިކަމެއް ގާއިމްކުރުމަށްކަމަށް ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން ޢަލީ ވިދާޅުވެއްޖެއެވެ.
ށ ކަނޑިތީމުގައި ޑީއާރުޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ 2008ވަނަ އަހަރު ރައްޔިތުން ސިޔާސީ ނިޒާމަށް ގެނައި ބޮޑު ބަދަލު ގެންނަން މަސައްކަތް ކުރީ ހަމަހަމަކަމާ، އިންސާފުން ބޭރުން، ވަކި ބަޔަކަށް މަންފާވާގޮތަށް ދައުލަތުގެ ކަންތައްތައް ބައްޓަންވެފާ އޮންނަން ބޭނުން ނުވާތީ ކަމަށެވެ.
އަދި އެބަދަލާއިއެކު ރައްޔިތުންގެ ހިތުގައި އޭރު އުފެދިފައިވާ އުދާސްތަކާއި، ނުތަނަސްކަމެއް ނައްތާލާނެކަމުގެ އުއްމީދު ރައްޔިތުން ކުރިކަމަށްވެސް ތަސްމީން ވިދާޅުވިއެވެ.
".. ރާއްޖޭގެ ރައްޔިތުން މިއަދުވެސް އެތިބީ ޤާނޫނުގެ ވެރިކަމެއް ޤާއިމްކުރުމަށް ބޭނުންވެފަ، އެކަމަށް އެދިއެދި. ހަމަހަމަ ކަމާއެކު ރައްޔިތުންގެ މެދުގައި ކަންތައްތައް ހިންގާނެ ނިޒާމަކަށް އެދިއެދި" ތަސްމީން ވިދާޅުވިއެވެ.
މީގެ އިތުރުން ނިސްބަތްވާ އާއިލާއަކަށް ނުވަތަ އެމީހެއްގެ އަތުގައި ހުރި މުއްސަނދި ކަމަކަށް ނުވަތަ ވަސީލަތްތަކަށް ނުވަތަ އެމީހެއްގެ ގައިގައި ހުރި ކުލައަކަށް ނުވަތަ ވިސްނުމުގައި ގެންގުޅޭ ފިކުރަކަށް ބެލުމެއް ނެތި ހަމަހަމަކަމާއެކު ކަންތައްތައް ކޮށްދޭނެ ސަރުކާރަކަށް ރައްޔިތުން މިއަދު އެދޭކަމަށްވެސް ތަސްމީން ވިދާޅުވިއެވެ.
ރައްޔިތުން މިހާރު ބޭނުންވަނީ ޤާނޫނީ ވެރިކަމެއް ޤާއިމްކުރަން: ތަސްމީން އަލީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ