ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ގައުމީ ކޮންޕްލެއިންޓްސް ބިއުރޯއެއް ގާއިމްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމްކޮށްފައިވަނީ ޕޯޓްސް ކޮމްޕްލެކްސްގެ ދެވަނަ ފަންގިފިލާގައި ކަމަށާއި އިންތިހާބާ ބެހޭ ޝަކުވާތައް ހުށަހަޅަންޖެހޭނީ ރިޔާސީ އިންތިހާބާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް ކަމަށެވެ.
ކޮންޕްލެއޮން ފޯމް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv އިންނާއި، ޕީ.އޭ ކޮމްޕްލެކްސްގެ ދެވަނަ ފަންގިފިލާގައި ހުންނަ ގައުމީ ކޮމްޕްލައިންޓްސް ބިއުރޯގެ ކައުންޓަރުންނާއި ފަސް ވަނަ ފަންގިފިލާއިގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާތަކުގައި ގާއިމް ކޮށްފައިވާ އިލެކްޝަންސް ފޯކަލްޕޮއިންޓް ތަކުން ލިބެން ހުންނާނެ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 9:00 އިން 14:00 އަށް ކަމަށާއި އޯގަސްޓް ދިހައިން ފެށިގެން ކޮމްޕްލައިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހެނދުނު 08:00 އިން 16:00 އަށް ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ. މީގެ އިތުރުން ހުކުރު ދުވަސްތަކުގައި މެންދުރުފަހު 14:30 އިން ހަވީރު 17:00 އަށް އެ ބިއުރޯ ހުޅުވިފައި ހުންނާނެ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
ކޮންޕްލެއިން ބިއުރޯއާ ގުޅޭނެ ނަންބަރުތަކަކީ 3004489 އަދި 3004492 އެވެ. އަދި މިބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected]/* <![CDATA[ */!function(t,e,r,n,c,a,p){try{t=document.currentScript||function(){for(t=document.getElementsByTagName('script'),e=t.length;e--;)if(t[e].getAttribute('data-cfhash'))return t[e]}();if(t&&(c=t.previousSibling)){p=t.parentNode;if(a=c.getAttribute('data-cfemail')){for(e='',r='0x'+a.substr(0,2)|0,n=2;a.length-n;n+=2)e+='%'+('0'+('0x'+a.substr(n,2)^r).toString(16)).slice(-2);p.replaceChild(document.createTextNode(decodeURIComponent(e)),c)}p.removeChild(t)}}catch(u){}}()/* ]]> */ އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބްގަައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 239،593 މީހުން ކަަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިހާބަށް އިލެކްޝަންގެ ކޮންޕްލެއިންޓްސް ބިއުރޯ ގާއިމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ