އެމެރިކާއިން އިރާން އަށް ހަމަލާ ދޭން ތައްޔާރުވަނީ

އެމެރިކާއިން އިރާންއަށް ހަމަލާދޭން ތައްޔާރުވަމުން އެބަދާކަމަށް އޮބާމާ ސަރުކާރުގެ އޮފިސަލުން މީޑިއާށް ހަބަރުދީފިއެވެ.އެމެރިކާގެ ސީނިއާރ އޮފިސަލުން މިހަބަރު ދީފައިވަނީ ނިއުޔޯކް ޓައިމްސް އަށެވެ. ނިއުޔޯކް ޓައިމްގައި އޮފިސަލު ވަނީ އިރާންއަށް ހަމަލާދޭން އުޅޭ ކަމުގެ މޭރުމުން ވާހަކަ ދައްކާފައެވެ. ގަލްފް ގައުމުތަކުގައި އެމެރިކާއިން މިސައިލުން ދިފާއުވާ ނިޒާމްތަކާއި އެމެރިކާގެ ފައުޖުތަށް ތަފާތު ނަންނަމުގައި އެއްކުރުމަށްފަހު އިރާންއަށް ‘ހަމަލާ ދޭން އުޅޭ’ކަމަށް ތަޖްރިބާކާރުންވެސް ވަނީ ހާމަކޮށްފައެވެ. އަދި އެމެރިކާއިން މިކަމަށް ދޭ ނުސީދާ އިންޒާރުތަކުން ކައިރި މުސްތަޤުބަލެއްގައި އެމެރިކާއިން އިރާންއަށް ހަމަލާ ދީފާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.އިރާންއަށް ހަމަލާ ދިނުމުގެ ގޮތުން ކަނޑާއި ބިމުގައި މިސައިލުން ދިފާއުވާ ނިޒާމްތައް ވަނީ ޤާއިމުކޮށްފައެވެ. މިކަމުގައި އެހީތެރިކަން އެމެރިކާއަށް ފޯރުކޮށްދެމުން އަންނަނީ ޤަތަރާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ބަހްރޭން އަދި ކުއޭތު ކަމަށް ވަނީ ހަބަރު ލިބިފައެވެ. އަދި އޮމާން އާއި މިކަމާޢި ގުޅޭގޮތުން ދަނީ ވާހަކަތައް ދެކެވެމުންނެވެ. މެޑިޓެރޭނިއަން ކަނޑުގެ ސަރަހައްދުގައިވެސް މިސައިލުން ދިފާއުވާނޭ ނިޒާމްތައްވަނީ ޤާއިމުކޮށްފައެވެ.ބުޝްގެ ސަރުކާރުން ފެށި ހަނގުރާމައިގެ ޗޭނު އޮބާމާގެ ސަރުކާރުން އިތުރަށް ގަތަމުންދާއިރު އިރާންގެ ނިއުކްލިއަރ ޕްރޮގްރާމްގެ ސަބަބުން އިރާން ދަނީ ހަނގުރާމައިގެ ތުންފަތް މައްޗަށް ވެއްޓެމުންނެވެ. އެމެރިކާއިން އިރާންއަށް ހަމަލާ ދޭން އުޅޭ ކަމުގެ އިޝާރާތްތައް ދެމުންދާއިރު އިރާން އިން އެއިންޒާރުތަކަށް މާބޮޑު ފަރުވާލެއް ބަހައްޓާތަނެއް ނުފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ