މުޅި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވަނީ 9:45 ހާއިރުއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވަނީ ފޭސް ޓޫއަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ހައިވޯލްޓެޖް ކޭބަލެއް ހަލާކުވުމުގެ ސަބަބުންނެވެ. ސްޓެލްކޯއިން ވަނީ އަލުން ހުޅުމާލެއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. Hulhumale' is experiencing power interruption due to a damage in HV cable of Hulhumale' Phase 2. We are in the process of restoring power.— STELCO (@STELCOMALDIVES) June 21, 2018
މާލޭސިޓީގެ އަވަށެއްގެ ގޮތުގައި އޮތް ހުޅުމާލެއަކީ މާލެ ފިޔަވައި އެންމެ ގިނަ މީހުން ދިރިއުޅެމުން ގެންދާ ރަށެވެ. އާބާދީގައި 60000 ވުރެ ގިނަ މީހުން އުޅެމުންދާ އިރު އެ އަދަދުދަނީ އިތުރުވަމުންނެވެ.
މުޅި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ