ހަގީގީ ޤައިދިން ފެންނާނެ ދުވަސް ވަރަށް ކައިރިވެއްޖެ ކަމަށާއި އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރެ އިންތިހާބު ކާމިޔާބުވެސް ކުރާނެކަމަށާއި ޖެހޭނީ ތެޅިތެޅި ތިބެން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ސަރުކާރަށް އިންޒާރެއް ދެއްވައިފިއެވެ.
ގާސިމްގެ މިފަދަ އިންޒާރެއް ސަރުކާރަށް އަމާޒުވީ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ޕްރޮމޯޓު ކުރާ ފަރާތްތަކާއި މީޑިއާތަކުން ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓްރީން މިއަދު ދީފައި ވަނިކޮށް ކުރެއްވި ޓްވިޓެއްގައެވެ.Kobaatho qaidheen nakee? QA aa khilaafah qaanoona khilaafah ijuraaiythakaaves khilaafah nufooz foaruvaigen baaruge birudhahkaigen hukum kuruvaa bodethi aniyaa kuruvaathee evaahaka thah dhehkiyanudhee obahehteyne dhuvas nimen varah kaari vejje. Haqeeqee gaidheen edhuvahu fennaane!— Qasim Ibrahim (@qasimibrahim) May 29, 2018ހަގީގީ ޤައިދީންނަކީ ކޮބައިތޯ ސުވާލު ކުރައްވަމުން ގާސިމް ކުރެއްވި ޓްވިޓްގައި ވިދާޅުވީ، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އިޖުރާތުތަކާއި ހިލާފަށް، ނުފޫޒު ފޯރުގައި ބާރުގެ ބިރު ދައްކައިގެން، ހުކުމް ކުރުވާ ބޮޑެތި އަނިޔާތައް ކުރުވާތީ އެވާހަކަތައް ދެއްކުވިޔަނުދީ، އޮބެހެއްޓޭނެ ދުވަސް ވަރަށް ކައިރިވެއްޖެ ކަމުގައެވެ. އަދި ހަގީގީ ޤައިދީން އެދުވަހުން ފެންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.Allah iraadha kureviyyaa alhugandumen 1 candidate nereynan. Adhi riyaasee inthihaab 1 burun kaamiyaabves kuraanan. Hama jeheynee thelhi thelhi thiben. InSha Allah— Qasim Ibrahim (@qasimibrahim) May 29, 2018މީގެ އިތުރުން، ﷲގެ އިރާދަފުޅުން އެއް ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި، ރިޔާސީ އިންތިހާބު އެއްބުރުންވެސް ކާމިޔާބުކުރާނެކަމަށް ގާސިމް ވިދާޅުވިއެވެ.
"ހަމަ ޖެހޭނީ ތެޅިތެޅި ތިބެން އިންޝާﷲ" ގާސިމް ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ނަމުގައި މިހާރަކަށް އައިސް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަ ފަރުދުން ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ގައިދީން ޕްރޮމޯޓްކޮށް ކުރިއަށް ނެރެ ޝަހްސު އޮޅޭ ގޮތަށް ހިންގަމުން ގެންދާ ހަރަކާތްތަކާއި އަމަލުތަކަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތަކެއް ކަމަށެވެ. އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މީޑިއާތަކުން ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ޝައުރީ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާންމު ކުރަން ޖެހޭނީ އެކަމާ ގުޅޭ ގޮތުން ހަދާފައިވާ ގާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށް ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތްތަކާ ބައްދަލުކޮށް، އެއްވެސް މައުލޫމާތެއް ހޯދައި، އެ މައުލޫމާތެއް ބޭނުން ކުރައްވާނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
މައުލޫމާތެއް ހޯދައި، އެ މައުލޫމާތެއް ބޭނުން ކުރަންވާނީ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައިތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭން ޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވާއިދާއި ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުކުރުމާއި ފޯނުކުރުމާއި، ސިޓީ ފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ގާސިމް ސަރުކާރަށް: ހަޤީޤީ ގައިދީން ފެންނާނެ، ޖެހޭނީ ތެޅިތެޅި ތިބެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ