ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި މިހާރު ހިމެނޭ ތިން މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ ޖުލައި މަހުގެ 26ގެ ނިޔަލަށް ހަމަވާތީ، އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަންކުރުމަށްޓަކައި މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ.
އެ އޮފީހުން ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެ ފުރުސަތު ހުޅުއްވާލައްވާފައިވަނީ، މި މަހުގެ 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 3:00 ގެ ނިޔަލަށެވެ.
ފުލުހުންގެ ގާނޫނުގެ 21 ވަނަ މާއްދާގައި، ކޮމިޝަންގެ މެންބަރު ކަމަށް އައްޔަނުކުރާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައްވެސް މިއަދު ގެޒެޓް ކުރި އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށުގެ ރެކޯޑް ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ