ހިތަދޫގެ ފުލެޓްތަކަށް ކަރަންޓް ކޭބަލް ގެންނަން ހަވާލުކޮށްފި: ފެނަކަ

އައްޑޫ ސިޓީ ހިތަދޫގައި އަޅާފައިވާ ފްލެޓްތަކަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދޭން ރާއްޖެއިން ބޭރުން އެތެރެކުރަންޖެހޭ ކޭބަލް ގެނެސްދިނުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.
ކޭބަލްތައް އައްޑޫ އަށް ގެނެސް ވަރަށް އަވަހަށް އެ އެޅުމުގެ މަސައްކަތް ފަށާނެ އަދި ކޭބަލްތައް އަޅަައިދޭނީ ފެނަކައިގެ ހަރަދުގައެވެ.
ފެނަކައިން ވަނީ ފްލެޓްތަކުގެ ޔޫޓިލިޓީސް މަސައްކަތް ކޮށްދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް ފްލެޓް ސަރަހައްދުގެ އެތެރޭގެ މަސައްކަތް ކުރަން ޖެހޭނީ ހައުސިން މިނިސްޓްރީ އިންނެވެ. ވަރަށް އަވަހަށް ހައުސިން މިނިސްޓްރީ އާއި ފެނަކަ އާއި ދެމެދު މިކަމާ ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަން ވަނީ ހަަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ