އޭދަފުށިން ކަރަންޓް ކެނޑެނީ

ބ އޭދަފުޓަށް ފެނަކަ ކޯޕަރޭޝަނުން ކަރަންޓް ދިނުމަށް ބޭނުން ކުރަމުން ގެންދާ އިންޖީނުތަކުގެ ތެރެއިން އިންޖީނެއް ފެއިލްވުމާ ގުޅިގެން އެރަށުން ކަރަންޓް ކެނޑެން ފަށައިފިއެވެ.
އިއްޔެވެސް އެކި ގަޑިތަކުގައި ރަށުގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށާއި އަދި ކަރަންޓް ކެނޑެމުން ދާނެކަމަށް އިންޖީނުގެއިން އަންގާފައިވާކަމަށްވެސް މައުލޫމާތުލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭދަފުއްޓަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ތިން އިންޖީނުގެ ތެރެއިން މައްސަލަ ޖެހިފައިވަނީ 600 ކިލޯ ވޯޓްގެ އިންޖީނުގައެވެ. މިއީ އެރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އެންމެ ބޮޑު އިންޖީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ