ރާއްޖެއިން ޔޫއެން ވޯޓުގައި ބައިވެރި ނުވުމަކީ ލަދުވެތިކަމެއް ކަމަށް ކުރީގެ ރައީސް މައޫމުން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި ދުނިޔެއިން ވެސް ރޮހިންޖާ މުސްލިމުންނާއެކު ތިބިކަން ސާބިތުކޮށްދިން ދަނޑިވަޅެއްގައި މުސްލިމް މި ދިވެހިރާއްޖެއިން ޔޫއެންގެ ވޯޓުގައި ބައިވެރިނުވުމަކީ ލަދުވެތިކަމެއް ކަމަށެވެ.
When there is a worldwide outpouring of support for Rohingya Muslims, what a shame that Muslim Maldives did not participate in the UN vote!
މިޔަންމާ ސަރުކާރުން ރޯހިންޖާ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ނަސްލު ނައްތާލުމާއި ގަތުލު އާންމުތައް ހުއްޓުވުން އދ. ގެ ރަސްމީ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓަށް ރާއްޖެއިން ހާޒިރުވެފައިނުވާކަން ވަނީ ހާމަވެފައެވެ.
އދ. ގެ 72 ވަނަ ސެޝަންގެ ރަސްމީ އެޖެންޑާގައި "ގަތުލު އާންމާއި، ހަނގުރާމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމާއި، އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތައް ހުއްޓުވުމާއި ރައްކާތެރިކުރުމުގައި ޒިންމާއަދާކުރުން" ގެ ނަމުގައި ސަޕްލިމެންޓްރީ އައިޓަމެއް ހިމެނުމަށް ހުކުރު ދުވަހު ވޯޓް ނެގި އިރު ޗެމްބަރުގައި ރާއްޖެއިން ހާޒިރުވެ ނެތްކަން ވޯޓްގެ ތަފްސީލް ޝީޓުންވެސް ވަނީ ހާމަވެ އެވެ.
އެ އައިޓަމް ރަސްމީ އެޖެންޑާގައި ހިމެނުމަށް ފާސްވީ 113 ގައުމެއްގެ ތާއީދާއެކު އެވެ. ރަސްމީ އެޖެންޑާގައި އައިޓަމް ހިމެނުމާ ދެކޮޅަށް 21 ގައުމަކުން ވޯޓް ދީފައިވެއެވެ. 17 ގައުމަކުން ވަކި ކޮޅަކަށް ވޯޓް ދީފައެއް ނުވެ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ރާއްޖެއިން ޔޫއެން ވޯޓުގައި ބައިވެރި ނުވުމަކީ ލަދުވެތިކަމެއް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ