ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނެގި ފައިސާ އަނބުރާ ނުދޭކަމަށްބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކިނބިގަސްދޮށުގޭ ކައިރީގައި އިހުތިޖާޖް ކޮށްފިއެވެ.
ޖާބިރު ކިނބިގަސްދިށުގޭ ކައިރީގައި އިހުތިޖާޖް ކުރަމުން ވަނީ ރައީސް މައޫމޫން އޭނާގެ އަތުން ފައިސާ ނެންގެވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަން ބަދަލުކުރުމަށްކަމަށާއި، އަދި އެ ފައިސާ އަނބުރާ ދީފައިނުވާކަމަށް ވިދާޅުވެފައެވެ.
އެކަނިމާއެކަނި ޖާބިރު ކިނބިގަސްދޮށުގޭ ކައިރީގައި އިހުތިޖާޖްކޮށްފައިވާއިރު އޭނާވަނީ އެސަރަހައްދުގައި ހުރެ އަޑުގަދަވެސް ކޮށްފައެވެ.
ރައީސް މައުމޫން ޖާބިރުގެ އަތުން ފައިސާ ނަގާ، އެ ފައިސާ އަނބުރާ ދީފައިނުވާކަމަށް ބުނެ އިހުތިޖާޖްކުރި އިރު އެފައިސާ ހޯދުމަށް ޖާބިރު ސިވިލް ކޯޓަށްވެސް މީގެ ކުރިން މައްސަލަ ހުށަހެޅިއެވެ. އަދި ސިވިލް ކޯޓުން ވަނީ ޖާބިރު ހުށަހެޅުއްވި ލިޔެކިޔުންތަކުން އޭނާ ވިދާޅުވާ މުއާމަލާތް ހިންގި ކަމުގެ ހެކި ނެތުމުން ޖާބިރު ހުށަހެޅި ދައުވާ ސާބިތު ނުވާކަމަށް ހުކުމް ކޮށްފައެވެ.
އިއްޔަ ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައިވެސް އެކަނި އިހުތިޖާޖު ކޮށްފައެވެ. ޖާބިރު އިއްޔަ އިހުތިޖާޖުކުރި ސަބަބެއް ސާފުނުވާއިރު އޭނާގެ ޕާސްޕޯޓްވެސް އޮތީ ހިފަހައްޓާފައެވެ.
މައުމޫން ނެގި ފައިސާ އަނބުރާނުދޭ ކަމަށްބުނެ، ޖާބިރު ކިނބިގަސްދޮށުގޭ ކައިރީ އިހުތިޖާޖުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ