އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން މިއަދު ފަށަނީ
ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލަ ހައިކޯޓުގައި މިއަދު ފެށުމަށް ތާވަލުކޮށްފި އެވެ.އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދޭން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ ފުރަތަމަ ހައިކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފަ އެވެ.ދައުލަތުން ކުރިން ހުށަހެޅުމުން ހަައި ކޯޓުން ނިންމީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނުބެލޭނެތީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެކަމަކު އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމީ އަލީ ވަހީދު ހާޒިރު ނުކުރެވުނަސް، އެ މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމަށެވެ.ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދިން މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން ފަށަން ތާވްލްކޮށްފައި ވަނީ މިއަދު މެންދުރު 2:30 ގައެވެ. ހައި ކޯޓުން މި މައްސަލަ ކުރިއަށް ގެންދަނީ ދައުވާ ލިބޭ ފަރާތެއް ނެތް މައްސަލައެއްގެ ގޮތުގަ އެވެ.އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލާގެ ޝަރީއަތް މިއަދު ފަށަން ހަމަޖެއްސިއިރު، އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން މިހާރު އޮތީ އިއްވައިފަ އެވެ. އެ ހުކުމް އިއްވީ އޭނާ ރާއްޖެއިން ބޭރުގައި ހުރެގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދާ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް އޭނާ ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ