ގާޒީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަނީ

ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހީމް އިސްމާއީލް ފަރުވާ ކުޑަކުރިކަމުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ)ން ބަލަން ނިންމައިފިއެވެ.ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގާޒީ އާދަމް އިބްރާހީމްގެ މައްސަލަ ތަހުގީގު ކުރަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ފާހަގަކުރެވިގެން ކަމަށް ބުނުމަށްފަހު އެވެ.ގާޒީ އާދަމްގެ މައްސަލަ ތަހުގީގު ކުރުމަށް ނިންމާ ތަހުގީގު ކޮމިޓީ މިހާރު ވަނީ އެކުލަވާލާފަ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ޖޭއެސްސީން ހާމަ ކޮށްފައެއް ނުވެއެވެ.ޖޭއެސްސީން ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލައި ފިޔަވަޅު އަޅަމުންދާއިރު ބައެއް ފަނޑިޔާރުން ދަނީ ޖޭއެސްސީން މައްސަލަ ބަލަން ފެށުމުން އަމިއްލަފުޅަށް އިސްތިއުފާ ވެސް ދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ