ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވެންސުން އުނިކުރެވޭނެ ކަމަށް ސިވިލް ސާވިސް ގަވައިދުގައި ބުނާ މާއްދާ ބާތިލްކުރަން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ފެށުން ހައި ކޯޓުން ފަސްކޮށްފި އެވެ.
މިމައްސަލަ ހައިކޯޓަށް ހުށަހެޅީ އައްޑޫ ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރު ހުސައިން ހަބީބް އެވެ.
މިމައްސަލައިގެ ޝަރީއަތް މިއަދު ހެނދުނު ފަށަން ކުރިން ހަަމަޖައްސާފައިވީ ނަމަވެސް މިއަދުގެ އަޑުއެހުން ކެންސަލް ކުރެއްވީ މައްސަލަ ބައްލަވާ ފަނޑިޔާރު ރަށުން ބޭރަށް ވަޑައިގަތުމުން ކަމަށް އެނގިފައިވެ އެވެ. ދެން މިމައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ދުވަހެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މިމައްސަލައަށް ދައުލަތުގެ ފަރާތުން ޖަވާބު ދެއްވާނީ ބަންޑާރަނައިބެވެ. އެ އޮފީހުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވެންސް އުނިނުކުރަން ބަންޑާރަނައިބް ވަނީ އަންގަވާފަ އެވެ.
މިމައްސަލަ ހައިކޯޓަށް ހުށަހެޅީ އައްޑޫ ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރު ހުސައިން ހަބީބް އެވެ.
ސިވިލް ސާވިސް ގަވައިދުގެ 160 ވަނަ މާއްދާގައި ބުނެފައިވަނީ މުވައްޒަފުން ވަޒީފާއިން ނުނިކުތުމުންނާއި ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު އޭނާގެ މުސާރައިން ނުވަތަ ސާވިސް އެލަވަންސުން ކެނޑޭނެ ކަމަށެވެ. އަދި އެކަން ކުރާނެ ގޮތްތަކެއް މިމާއްދާގައިވާ ހަަތރު އަކުރެއްގައި ވަނީ ބުނެދީފަ އެވެެ.
ހުސައިން ހަބީބު ވިދާޅުވީ މިމައްސަލަ ހައިކޯޓަށް ހުށަހެޅީ ސިވިލް ސާވިސް ގަވާއިދުގެ 160 ވަނަ މާއްދާ ވަޒީފާއާއި ބެހޭ ގާނޫނާއި ޤާނޫނު އަސާސީ އާއި ޚިލާފު ކަމަށް ފެންނާތީ ހުރިހާ ސިވިލް ސާވަންޓުންގެ ހައްގުގައި ކަމަށެވެ.
ސިވިލް ސާވެންޓުން އޮފީހަށް ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވެންސުން އުނިނުކުރެވޭނެ ކަމަށް ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވީ ނަމަވެސް ސިވިލް ސާވިސް ކޮމިޝަނުން ގެންދަނީ ސިވިލް ސާވަންޓުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވެންސް އުނިކުރަމުންނެވެ. އެކަމަކު ބަންޑާރަނައިބު އޮފީހުގައި މަސައްކަތްކުރާ ސިވިލް ސާވަންޓުން އޮފީހަށް ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވެންސު އުނި ނުކުރަން ބަންޑާރަނައިބު މުހައްމަދު އަނިލް އަންގާފައިވާތީ އެ އޮފީހުން އަމަލުކުރަމުން ދަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ގޮތަށް ކަމަށް އެނގިފައިވެ އެވެ.
ސިވިލް ސާވެންޓުން އޮފީހަށް ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވެންސުން އުނިނުކުރެވޭނެ ކަމަށް ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާތީ ސިވިލް ސާވިސް ކޮމިޝަނުން ވަނީ މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. މިމައްސަލަ ވެސް ވަނީ ކޯޓަށް ބަލައިގެންފަ އެވެ.
ސާވިސް އެލަވަންސް މައްސަލައިގެ ޝަރީއަތް ފެށުން ހައި ކޯޓުން ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ