މި ނިމިގެންދާ އަހަރަކީ ރައްޔިތުންގެ ހައްގުތައް ކުރުދޮށިން ނިގުޅައިގެންފައިވާ ކަޅު އަހަރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ވިދާޅުވީ ޤާނޫނު އަސާސީން ރައްޔިތިންނަށް ކަށަވަރުކޮށްދިން ގިނަ ހައްގުތަކެއް މި އަހަރުގެ ތެރޭގައި ކުރުދޮށުން ނިގުޅައިގަނެފައިވާ ކަމުގައެވެ.
އެއްވެ އުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިންތިހާބީ މަޤާމުތަކަށް ކުރިމަތިލުމުގެ ހައްގާއި ވޯޓް ދިނުމުގެ ހައްގުވެސް ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ކަމުގައި ޝާހިދު ވިދާޅުވިއެވެ.
އެހެންކަމުން މިއީ ކަޅު އަހަރެއް ކަމަށާއި ނަމަވެސް މިއަހަރަކީ އަނިޔާވެރިކަމާއި ހައްގުތައް ނިގުޅައިގަތުމުގެ ކުރިމަތީގައި ސާބިތުކަމާއެކީގައި ތިބި ރައްޔިތުންތަކެއް ފެނިގެން ދިޔަ އަހަރެއްކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު މިހެން ވިދާޅުވީ ރޭ ބޭއްވި ރާއްޖެޓީވީގެ ހަވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
މި އަހަރަކީ ރައްޔިތުންގެ ހައްޤުތައް ކުރުދޮށިން ނިގުޅައިގެންފައިވާ ކަޅު އަހަރެއް - އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ