ބާލީ ސަމިޓްގައި ތަގުރީރު ކުރެއްވުމަށް މައުމޫން ފުރާވަޑައިގެންފި

އިންޑޮނީޝިއާގެ ބާލީގައި ބާއްވާ ތިމާވެށީގެ ސަމިޓެއްގައި ތަގުރީގު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ފުރާވަޑައިގެންފި އެވެ.
އިންޑޮނީޝިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ މައުމޫން ވިދާޅުވީ މިބައްދަލުވުމުގައި އެމަނިކުފާނު ތަގުރީރު ކުރައްވާނީ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ޒުވާނުންނަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ކަަމަށެވެ.
މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނަށް ދައުވަތު ލިބިވަޑައިގަތީ ތިމާވެށީގެ މައްސަލަތަކުގައި ބާއްވާފައިވާ ބައިނަލްއަގުވާމީ ގިނަ ބައްދަލުވުންތަކުގައި އެމަނިކުފާނު މީގެ ކުރިން ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައިވާތީ ކަމުގައިވެސް މައުމޫން ވިދާޅުވި އެވެ.
އިންޑޮނީޝިއާގެ ބާލީގައި ބާއްވާ ސްޓޫޑެންޓްޝިޕް އެނާޖީ ސަމިޓް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
މި ސަމިޓްގައި ބައެއް ގައުމުތަކުގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގަންނަވާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ