ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ހިންމަފުށީ އައްސޭރި ޖަލުގައި ތިއްބަވަނީ "ބޮޑު އެޕާޓްމަންޓެއް"ގައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. މަސްތުވާތަކެތި އަތުލައިގަންނަން ބޭނުންކުރާ ކުއްތާ ގެންގުޅުމުގެ ތަމްރީން ދިނުމުގެ ރަސްމިއްޔާތުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ނަޝީދާއި ނާޒިމް އަދި ތޮލްހަތު ހުންނަވާ އެޕާޓްމަންޓުގައި 20-30 ފޫޓުގެ ކޮޓަރިއެއް ހުންނާނެ ކަމަށެވެ. މީގެ އިތުރުން ސިޓިން ރޫމަކާއި ބަދިގެއެއް އަދި ބޮޑު ޔާޑެއް ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އުމަރު ވިދާޅުވި ގޮތުގައި ޖަލަށް ލާފައިވާ، ދައުލަތުގެ އިސް ބޭފުޅަކަށް ސަރުކާރުން "ދެރަ ގޮތެއް" ނުހަދާނެ އެވެ.ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހްމަދު އަބްދުﷲ އަފީފު
"ހަވީރަ"ށް ވިދާޅުވި ގޮތުގައި ނަޝީދާއި ތޮލްހަތު އަދި ނާޒިމް ތިއްބަވަނީ
ހިންމަފުށީ ޖަލުގެ މުވައްޒަފުން ތިބޭ އިމާރާތުގެ ބޮޑު ކޮޓަރިއެއްގަ އެވެ. "އެ
ތަނުގައި އެ ތިން ބޭފުޅުންނަށް ހުންނަވަނީ ވަކިވަކިން އެނދު ބަހައްޓާފައި.
އެ ތަން، ދޫނިދޫގައި ރައީސް ހުންނެވި ތަނަށް ވުރެ ފެންވަރު މާ ދަށް.
އެޓޭޗް ފާހާނާއެއް ވެސް ނެތް. ދެ ފާހާނާއެއް ބޭރުގައި ހުރޭ،" އަހްމަދު
ވިދާޅުވި އެވެ. ލުއި ޖަލެއްގެ ގޮތުގައި ހަދާފައިވާ ހިންމަފުށީ
އައްސޭރި ޖަލަށް ނަޝީދު ކުއްލިއަކަށް ބަދަލުކުރީ ކީއްވެގެން ކަމެއް
ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ނަޝީދު، ނާޒިމް، ތޮލްހަތު އުޅުއްވަނީ އެޕާޓްމަންޓެއްގައި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ