އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލުކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.އެކަމަކު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބަހެއް މިކަމުގައި އަދި ނުލިބެ އެވެ.ކްރިމިނަލް ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފާ ހަވާލުކޮށްފައިވާއިރު، އަބްދުﷲ ގާޒީ ގޭގައި މަޑުކުރަން ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.ކްރިމިނަލް ކޯޓު ހިންގުން ގާޒީ ބާރީއާ ހަވާލުކުރެއްވީ އިސްގާޒީ އަބްދުﷲ ޗުއްޓީއެއް ނެންގެވުމުން ކަމަށް އެ ކޯޓުގެ މީޑިއާ އޮފިޝަލް މި މަހުގެ ނުވަވަނަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.SC ge 197-AI/145/2016 /17 sitee in Abdulla Ghazee geyagi madukuran angaifi.SC in ulheny mikan sirru kohgen. JSC uvaalanveenoontho ?— Ahmed Mahloof (@AhmedMahloof) February 14, 2016
މަހްލޫފްގެ ޓްވީޓްމަހުލޫފުގެ ޓްވީޓްގައި ވަނީ ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވި ކަމަށް ބުނާ ސިޓީގެ ނަމްބަރު ކަމަށް ބުނާ ނަމްބަރެއް ވެސް ހިމަނައިފަ އެވެ. އެކަމަކު އެ ސިޓީގެ ސައްހަކަން އެއްވެސް ފަރާތަކުން މިހާތަނަށް ކަށަވަރުކޮށެއް ނުކޮށްދެ އެވެ.އަބްދުﷲ ގާޒީ ބަދަލުކުރަނީ ފެމިލީ ކޯޓަށް ކަމަށް އަޑު ފެތުރިފައިވާއިރު، ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން މިހާރު އަންނަނީ ބަލަމުންނެވެ.އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރަން 2013 ގައި ވެސް ޖޭއެސްސީން ނިންމި އެވެ. އެކަމަކު އެއީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށް ބުނެ އެ ނިންމުމަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން އޭރު ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ