"ހަވީރު"ގެ އިންޓާންޝިޕް ސްކީމް ހުޅުވާލައިފި

ޒުވާން ނޫސްވެރިން އުފައްދަން "ހަވީރު"ން ހިންގާ އިންޓާންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހަވީރު މީޑިއާ ގްރޫޕް (އެޗުއެމްޖީ) އިން މިދިއަ ބުރާސްފަތިދުވަހު ހުޅުވާލައިފި އެވެ.ތިން މަސް ދުވަހަށް ކުރިއަށް ގެންދާ މި ސްކީމަށް ނަގާ ބައިވެރިންނަށް އެ މުއްދަތުގައި ޚާއްސަ އެލަވަންސެއް ލިބޭނެ އެވެ. އަދި އިންޓާންޝިޕުން އެންމެ ރަނގަޅު ތިން ކުދިންނަށް "ހަވީރު"ން ދާއިމީ ވަޒީފާ ވެސް ދޭނެ އެވެ."ހަވީރު" ހިންގާ އެޗުއެމްޖީގެ އިސް ވެރިޔަކު ވިދާޅުވި ގޮތުގައި މިއީ ހަވީރުގެ ޒުވާން ނިއުސް ޓީމަށް ވަންނަން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެކެވެ."ހަވީރުގައި އޮތީ ނިސްބަތުން ވަރަށް ޒުވާން ޓީމެއް. ވަރަށް ރަނގަޅު ނޫސްވެރިން އެބަ އުފެދޭ ހަވީރުން. މިއީ އަޅުގަނޑުމެން ގަބޫލުކުރަނީ ނޫސްވެރިކަމަށް ވަންނަން ބޭނުން ޒުވާނުންނަށް ރަނގަޅު ފުރުސަތެއް ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.އިންޓާންޝިޕްގައި ކިޔަވައިދޭނީ "ހަވީރު"ގެ ތަޖުރިބާކާރު އަދި އިސް ނޫސްވެރިންނެވެ. އެޗުއެމްޖީގެ އޮފިޝަލް ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަމަށް ޝައުގުވެރިކަން ހުންނަ ޒުވާނުން ގިނަ ކަމަށެވެ. އަދި "ހަވީރު" ކަހަލަ ތަނެއްގައި އަމަލީ މަސައްކަތާ އެކު ކުރިއަށް ދާނެ ފުރުސަތު ލިބުމުން މި ދާއިރާ އިން ވަރަށް އުއްމީދީ ހުނަރުވެރިން އުފެދުން ކައިރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ނޫސްވެރިކަމަކީ ވަރަށް ޝައުގުވެރި މަސައްކަތެއް. ވަރަށް ގިނަ ފުރުސަތު އެބަ ލިބޭ އާދައިގެ ވަޒީފާތަކުގައި އުޅޭ މީހުންނަށް ވުރެ،" އޮފިޝަލް ވިދާޅުވި އެވެ.އިންޓާންޝިޕުން ނަގާ އެންމެ މޮޅު ތިން ބައިވެރިންގެ ތެރެއިން ދެ ބައިވެރިޔަކަށް ރާއްޖެ އިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ދޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު އެއީ "ހަވީރު"ގައި އޭނާ ކުރާ މަސައްކަތަށް ބެލުމަށް ފަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.އިންޓާންޝިޕްގައި ބައިވެރިވުމުގެ ޝަރުތަކީ އޯލެވެލްގައި އިނގިރޭސި އާއި ދިވެހިން ފާސްވުމެވެ. އެކަމަކު އޭ ލެެވެލްގެ ފާސް އޮންނަ ކުދިންނަށް އިސްކަން ދޭނެ އެވެ. ބަައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ ފެބްރުއަރީ 20، 2016 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ