ޙަނީފްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި

ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުޘްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެތުހުމަތުގައި ހައްޔަރުކުރި އިބްރާހީމް ޙަނީފުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީއެގްޒެކެޓިވްގެ މަޤާމުގައި ހުރިހަނީފްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖެހީ އޭނާގެ ބަންދާމެދުގޮތެއް ނިންމަން ފުލުހުން މިއަދު އެ ކޯޓަށް ހާޟިރުކުރުމުންނެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ރޭގެ ވަގުތެއްގައި ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ އިރު، އޭނާ ހައްޔަރުކުރުމުގެކުރިން ފުލުހުން ވަނީ ފުލުސްއޮފީހަށް ހާޟިރުކޮށް އޭނާގެ ފޯނު ހިފަހައްޓާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ