ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިގެން އައިސްފައިވަނީ މައުމޫން ސަރުކާރުގައި – ޑރ. އިޔާޒް

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެށިގެން އައިސްފައިވަނީ ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައިކަމަށް ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ. އިޔާޒް ވިދާޅުވެއްޖެއެވެ.
 
ޑރ. އިޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިގެން އައިސްފައިވަނީ ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި މީސްތަކުންނަށް ދީން އުނގެނުނަ ނުދީ އިލްމުވެރިންގެ ދޫ ބަންދުކޮށް ޖަލަށްލާ ކުރި އަނިޔާތަކުގެ ސަބަބުންކަމަށެވެ. ހަމައެއާއިއެކު މިއީ މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް އިބްރަތް ހާސިލް ކުރެއްވުން ރަނގަޅު ކަންތައްތަކެއް ކަމުގައި ދެކޭކަމަށްވެސް އިޔާޒް ވިދާޅުވެފައިވެއެވެ.
 
ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ވާހަކަ ގަދަވެފައިމިވަނީ ރާއްޖޭގައި ހިންގާފައިވާ ލޭއޮހޮރުވުންތަކަކީ ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި ގުޅުންހުރި ކަންތައްތަކެއްކަމަށް މަރުގެ މައްސަލަތައް ބަލަން ހަދާފައިވާ ކޮމިޝަންގެ ރައީސް ހުސްނުސުޢޫދު ވިދާޅުވީމައެވެ. އެގޮތުން ރިލްވާންގެ މަރާ ޔާމީންގެ މަރުގެ އިތުރުން ރާއްޖޭގައި ކޮށްފައިވާ ބައެއް ބޮޑެތި ވައްކަންތަކަކީ އައިއެސް އަދި އަލް ޤައިދާގެ ރާއްޖޭގެ ގޮފިތަކުން ކޮށްފައިވާކަންކަންކަމަށް އިއްޔެ ސުޢޫދުވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ