ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ވާދޫގައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

ރ. އަލިފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ރ. ވާދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ވާދޫގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އޮކްޓޫބަރު 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން ވަނީ ރ. ވާދޫ ސްކޫލުގެ ބެލެނިވެރިންނަށާއި  އެރަށުގެ ގޭބިސީތަކަށާއި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ.
އެގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން ރ. ވާދޫ ސްކޫލުގެ ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމާ ގުޅޭގޮތުންނެވެ.
ވާދޫގެ ގޭބިސީތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ވަނީ ފުލުހުންގެ މަަސައްކަތާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވާރާކޮށް މަޢުލޫމާތު ދީފައެވެ. އަދި ގޭގައި ގިނަ އަދަދުތަކުން ފައިސާ ރައްކާކޮއްފާއި ނުބެހެއްޓުމާއި ރައްކާތެރި ގޮތެއްގައި އަގުބޮޑެތި މުދާ ގެންގުޅުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން ވާދޫގައި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމުގައި ވަނީ ރައްކާތެރި ގޮތުގައި ފައިސާ އާއި އަގުބޮޑެތި މުދާ ގެންގުޅުމާއި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި ވައްކަމެއް ހިނގައިފި ނަމަ އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތުވެސް ދީފައިވެއެވެ.
އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ އެއަތޮޅުގެ ރަށްރަށުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ