ދީނަށް އިހާނެތިކޮށް ހިތި ކޮންމެ ވެރިއެއްގެ ނިމުން އައީ ވަރަށް ހިތިކޮށް: އުމަރު ނަސީރު

ރާއްޖޭގައި އިސްލާމް ދީނަށް އިހާނެތިކޮށް ހިތި ކޮންމެ ވެރިއެއްގެ ނިމުން އައީ ވަރަށް ހިތިކޮށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެެއެވެ.
އުމަރު ނަސީރު، ރޭގެ ވަގުތެއްގައި އޭނާގެ ފޭސްބުކު ޕޭޖުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އިސްލާމް ދީނުގެ ބެލެނިވެރި ފަރާތަކީ ދިވެހި ދައުލަތް ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިޔާ އިސްލާމް ދީން ހިމާޔަތްކުރައްވާނެ ކަމަށް ދުލުކޮޅުން ވިދާޅުވުމަކުން ނުފުދޭ ކަމަށެވެ.
އަދި ރާއްޖޭގައި ތިބި ލާދީނީ މީހުންގެ ތެރެއިން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ ފަރާތްތަކާއި އެއްޖިންސުން ގުޅުން ހިންގަން ހިތްވަރުދޭ ފަރާތްތަކަށް ޖަލު ހުކުމް އަންނަންޖެހޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު މިފަދައިން ވިދާޅުވިއިރު، ކޯލިޝަން ސަރުކާރަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވަމުން ގެންދެވި އައްޝައިޚު އިލްޔާސް ހުސައިން މިއަދު ވިދާޅުވެފައިވަނީ އިސްލާމް ދީނާ ބީރައްޓެހި ސަގާފަތެއް ފަތުރާ ބަޔަކާއެކު ހިތާހިތުގެ ގުޅުމެއް ނުބޭއްވޭނެ ކަމަށާއި އެއީ އިސްލާމް ދީނުގައި ހުއްދަވެގެންވާ ކަމެއް ނޫންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ