އަވަސް އިންތިހާބެއް ބޭއްވޭނީ މަގުޗާޓަށް އަމަލުކޮށްގެން: 23 ޑިސެމްބަރ އިއްތިހާދު

އަވަސް އިންތިޚާބެއް ބޭއްވޭނީ ގައުމީ އެއްބައިވަންތަކަމުގެ މަގުޗާޓަށް އަމަލުކޮށްގެންކަމަށް 23 ޑިސެމްބަރ އިއްތިހާދުން ބުނެފުއެވެ.23 ޑިސެމްބަރ އިއްތިހާދުން މިއަދު ނަލަހިޔާ ހޮޓަލުގައި ބޭއްވި ނޫސްކޮންފެރެންސްގައި ވާހަކަދައްކަވަމުން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރާއްޖެއަށް ސުލްހަ ގެންނަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން އެ އިއްތިހާދު އޮތީ ތައްޔާރަށް ކަމަށާއި ނަމަވެސް ގާނޫނު އަސާސީ އޮތް ގޮތުން ބޭނުން ކޮންމެ އިރަކު އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިހާބު ބޭއްވޭނީ ސަރުކާރުން އިއުލާންކޮށްފައިވާ މަގުޗާޓަށް ހުރިހާ ޕާޓީތަކުގެ އިތުރުން އެމްޑީޕީން ވެސް އެއްބަސްވެގެން ކަމަށް ޝަރީފް ވިދާޅުވި އެވެ.މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފު އިތުރަށް ވިދާޅުވީ ރާއްޖޭގެ އަމަން އާމަންކަމަށާއި ސުލްހަ މަސަލަސް ކަމަށްޓަކައި މިހާރު ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ތާރީހަށް ވުރެ އިންތިހާބު އަވަސްކުރުމަށް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަން ޖެހޭ ކަމަށާއި ރާއްޖޭގައި އަމަން އަމާންކަން ގާއިމުކުރުމަށް އިއްތިހާދުން ވަނީ އެއްބަސްވެފައި ކަމަށެވެ.“އިންސާފުގެ ދަތުރު” ގެ ނަމުގައި އެމްޑީޕީން ބޭއްވި އެއްވުމުގައި އަވަސް އިންތިޚާބެއް ބާއްވާނެ ތާރީޚެއް އަންގައިދިނުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ