ﷲ އިރާދަކުރެއްވެވި އަޅެއްގެ ހަށިގަނޑު މިހާރުވެސް ކުނި ނުވެ ލަހައްޓަވަތެވެ!

މަރުވުމުން ހަށިގަނޑު ކުނިވިޔަ ނުދީ ބޭއްވޭނެ ގޮތްތައް ވަނީ ވަރަށްކުރީންސުރެ އީޖާދުކުރެވިފައި ނުވަތަ ﷲ ތަޢާލާ އުނގަންނަވައި ދެއްވަވާފައިކަން ދުނިޔޭގެ ބައެއް ދާރުލްޢާޘާރުތަކުން އެހެރީ ފެންނާށެވެ. އެތައްހާސް އަހަރެއްވެފައިވާ ހަށިގަނޑުތައް އެހެރީ ފެންނާށެވެ! އަދި މިއަދުވެސް އެއީ ﷲ ތައާލާ ދެއްވަވާފައިވާ ޢިލްމުގެ އަލީގައި ކުރެވެން އޮތްކަމެކެވެ. 
އަހަރެމެން މި ޤަބޫލުކުރަނީ މިފަދަ ގޮތަކުން ހަށިގަނޑު ހިމާޔަތްނުކޮށްފިނަމަ މަރުވުމުން މީހާގެ ހަށިގަނޑު ވަޅުނުލި ނަމަވެސް އަދި ވަޅުލި ނަމަވެސް ކުނިވެގެންދާނެކަމަށެވެ. މަސްތައް ގިރި ހަށިގަނޑާއިވަކިވެގެންދާނެ ކަމަށެވެ. އަދި ގިނަ ޒަމާންވުމުން އެންމެ ކަށިކޮޅެއް ފިޔަވައި އެހެން ހުރިހާ ކަށިތަކެއް ނެތިގެންދާނެ ކަމަށެވެ. އެކަން ފެންނަމުންދަނީ އެގޮތަށެވެ. 
މިއަދުނޫހަށް މައުލޫމާތުދިން ޕާކިސްތާނުން މެޑިސިން ކިޔެވި ދިވެހި ދަރިވަރަކު ބުނެފައިވެއެވެ. "ޕޯސްޓްމޯޓޮމް އާއިބެހޭ ގޮތުން ކިޔަވައިދިން ޕްރޮފެސަރަކު ބުނެފައިވެއެވެ. މީހަކު މަރުވެ ވަޅުލެވުނުތާ އެތައް ދުވަހެއް ފަހުން ޕޯސްޓްމޯޓޮމް ހެދުމުގެ ކަމެއްގައި މީހެއްގެ މަހާނަ ކޮނުނީމެވެ. ނަމަވެސް ޙައިރާންވި ކަމަކީ އޭނާގެ ހަށިގަނޑު އޮތީ ދާދި ދެންމެ މަރުވި މީހެއްފަދައިން ތާޒާކަންމަތީގައެވެ. ނިތްކުރީގައި ދައުތިކި ހުރިހެންވެސް ހީވިއެވެ. މިއީ އަހަރެންގެ މުޅި ޙަޔާތުގައިވެސް ފެނުނު މިފަދަ ހަމައެކަނި ކަންތަކެވެ." 
މިފަދަ ކަންކަމުން އެނގިގެން މިދަނީ ހަމަ މިޒަމާނުގައިވެސް މިފަދަ ކަންކަން ހިނގާކަމެވެ. ﷲ ތަޢާލާ އިރާދަކުރެއްވެވި އަޅެއްގެ ހަށިގަނޑު ކުނިވެ ހަލާކުވެގެންނުދާކަމެވެ. އެކަމުގެ ޙިކުމަތާއި ސަބަބު މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ޔަޤީންކުރަންޖެހޭ ކަމަކީ މިފަދަ އާދައާއި ޚިލާފްކަމެއް މެދުވެރިވުމަށް ކޮންމެވެސް މުހިންމު ސަބަބުތަކެއް އޮންނާނެ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ