ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް-19އިން ފަސޭހަފުޅުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ބަލިން ފަސޭހަފުޅުވެ މައުމޫން،81 މިއަދު ވަނީ ގެއަށް ބަދަލުވެވަޑައިގެންފަ އެވެ.
މައުމޫން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގަތީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ ޓްރީޓޮޕް ހޮސްޕިޓަލުގައި ހެއްދެވި ޓެސްޓުންނެވެ. ކޮވިޑް ޖެހުމާއެކު އެމަނިކުފާނަށް ފަރުވާ ދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.
މައުމޫން މިމަހުގެ 25 ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަނިކުފާނާއި އެ ބަލި ޖެހިފައިވާ އެހެން ހުރިހާ އެންމެންނަށް ރަހުމަތް ލައްވައި، އަވަސް ޝިފާއަކަށާއި ފުރިހަމަ ސިއްހަތެއް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.
މައުމޫން ކޮވިޑުން ފަސޭހަފުޅު ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ