ޝެއިޚް އިމްރާންގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲގެ މައްޗަށް އުފުލި ޓެރަރިޒަމްގެ މައްސަލައި ގައި އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފި އެވެ.
އިމްރާންގެ މައްޗަށް ކުރި ޖަލު ހުކުމުގެ މައްސަލަ މިއަދު ބާތިލުކޮށްފައި ވަނީ އެ މައްސަލަ އަލުން ރިވިއުކުރުމަށް ހުށަހެޅުމުންނެވެ.
އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް ރިވިއު ކޮށްދިނުމަށް ސުޕްރީމް ކޯޓަށް، ދައުލަތުން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ.
1 މެއި 2015 ގައި މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ހަމަނުޖެހުން އުފައްދަން ހިތްވަރުދެއްވައި ވާހަކަދެއްކެވި މައްސަލައިގައި އިމްރާންގެ މައްޗަށް 16 ފެބްރުއަރީ 2016 ގައި ކުރިމިނަލް ކޯޓުން ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އިމްރާންއަށް ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް ވަޒީރުކަމުގެ މަގާމު ދެއްވުމުން އެތައް ބައެއްގެ ފާޑިކިޔުން ވަނީ ރައްދުވެފައެވެ. އެގޮތުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ނުވަނީސް ވަޒީރުކަމުގެ މަގާމަށް ޝަރުތު ފުރިހަމަ ނުވާނެ ކަމަށެވެ.
ދިޔާނާ ވިދާޅުވީ އެ ދުސްތޫރީ އިޖުރާއަތު އަވަހަށް ފުރިހަމަކުރެއްވުމަށްފަހު ޝެއިޚް އިމްރާން އަލުން މަގާމަށް ރީއެޕޮއިންޓް ކުރެއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ