މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2018 ގެ އެވޯޑްތައް ހަވާލުކޮށްފި

މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2018 ގެ އެވޯޑްތައް ހަވާލުކޮށްފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭ ފާޝަނާ މާލަމުގައި ބޭއްވި މި އެވޯޑް ހަފްލާ ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލުއެވެ.
ޖުމްލަ 27 ކެޓަގަރީއަކުން ވަނީ އެވޯޑްތައް ހަވާލުކޮށްފައެވެ. އެގޮތުން ލިވްއަބޯޑް ކެޕްޓަން އޮފް ދަ އިޔަރ އެވޯޑާއި ސާފް ގައިޑް އޮފް ދަ އިޔަރގެ އެވޯޑާއި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ތިން މީހަކަށް ލިބިފައިވާއިރު ބާކީ އެވޯޑު ލިބިފައިވަނީ ޕްރައިވެޓް ކުންފުނިތަކަށެވެ.
އެވޯޑްތައް ލިބުނު ފަރާތްތަކަކީ:
މި އެވޯޑް ހަފްލާގައި ވާހަކަ ދައްކަވަމުން ލިވްއަބޯޑް އެސޯސިއޭޝަންގެ ސެކެޓަރީ ޖެނެރަލް މުހައްމަދު އިގްނާޒް ވިދާޅުވީ އެ އެސޯސިއޭޝަންގެ މަޤްސަދަކީ މި ދާއިރާ އިތުރަށް ފުޅާކޮށް، މި ދާއިރާއަށް އަލަށް މީހުން ނެރެދިނުން ކަމުގައެވެ.
މިދިޔަ އަހަރުވެސް މޯލްޑިވްސް ބޯޓިންގް އެވޯޑްސް ބާއްވާފައިވާއިރު އެ އަހަރު ޖުމްލަ 20 ކެޓަގަރީއަކުން ވަނީ އެވޯޑްތައް ހަވާލުކޮށްފައެވެ.
 
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ