މެންބަރު ނާޒިމްގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް ކުރިން ކޮށްފައިވާ މަކަރާއި ހީލަތްތެރިކަމުގެ ކުށުގެ ހުކުމް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ ނާޒިމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށައެޅުމުން މިއަދު ނެރުނު ހުކުމުގައެވެ.
މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ނާޒިމްގެ ފަރާތުންވަނީ މުހިންމު ނުކުތާއެއް ފާހަގަކޮށްފައެވެ. އެއީ ހައިކޯޓުން މި މައްސަލައިގައި ނާޒިމްއާއި އެއްކޮޅަށް އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށައަޅާފައިވަނީ އިސްތިއުނާފުގެ މުއްދަތުވެސް ހަމަވިފަހުން ކަމުގައެވެ.
މި މައްސަލައިގައި މީގެ ކުރިން ސުޕްރީމް ކޯޓުން ނާޒިމްގެ މައްޗަށް އިއްވި އުމުރުދުވަހުގެ ޖަލުހުކުމް، އެކޯޓުން މިއަދު އަލުން ރިވިއުކޮށްފައިވަނީ ކުރީ ހުކުމުގައި ބައިވަރު އިޖުރާއީ މައްސަލަތަކެއް ހުރިކަމަށްބުނެއެވެ.
ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމް މަކަރާއި ހީލަތުން އެބިޑް ކާމިޔާބުކުރެއްވިކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ