ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މާލެ ވަޑައިގަތުން މާދަމާ އަށް ފަސްކޮށްފި އެވެ.
ގާސިމް އިބްރާހީމް މާލެ ވަޑައިގަތުމަށް މީގެ ކުރިން ހަމަޖަށްސަވާފައިވަނީ މިއަދު އެވެ. އެހެން ނަމަވެސް ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު މާލެ ވަޑައިގަތުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް މާލެ ވަޑައިގަންނަވާނީ މާދަމާގެ މެންދުރު ފަހު 2:00 ޖަހާއިރު ކަމަށެވެ.
ގާސިމް އިބްރާހީމް މާލެ ވަޑައިގަތުމަށް ނިންމެވީ ހުސްވި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަފާލާތުގެ ދަށުން ހައިކޯޓުން އެމަނިކުފާނު މިނިވަން ކުރުމަށް ނިންމުމާ ގުޅިގެންނެވެ.
ރިޝްވަތު ދެއްވި ކަމަށް ބުނެ ކުރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ތިން އަހަރާ ދެމަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރު އެވެ.
ހުކުމް އިއްވީ އެމަނިކުފާނު އާލާސްކަންފުޅާ ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައި ވަނިކޮށް އެމމަނިކުފާނުގެ ޣައިރު ހާޒިރުގައެވެ.
ގާސިމް އިބްރާހީމް ރާއްޖެ ވަޑައިގަންނަން ނިންމެވިއިރު އެމަނިކުފާނުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި، އެމަނިކުފާނުގެ ސިޔާސީ މުޝީރު އަދި ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލު އަހްމަދާއި، ޖޭޕީގެ މެމްބަރު ޑރ. ޝާހު މާހިރުވެސް ރާއްޖެ ވަޑައިގަންނަވާނެ އެވެ. ހަމަ އެއާއެކު އެމަނިކުފާނުގެ ދެ ދަރިކަލުން ކަމަށްވާ މުހައްމަދާއި، އިސްމާއީލްވެސް އެމަނިކުފާނުގެ އަރިހުގައި މާދަމާ ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ގާސިމް މާދަމާ މާލެ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ