އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
ރައީސް ނަޝީދުގެ އަނބިކަނބަލުން އަދި ނަޝީދު ދިރިއުޅުއްވާ ގެކޮޅު މ. ޔާގޫތުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު މުހައްމާގެ ފޯމު ހަވާލުކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފާ އެވެ.
މުހައްމާ ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވި މުހައްމާ ވަނީ ފަހުން ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ. ޕީޕީއެމްގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން ހުށަހެޅި މައްސަލައިގައި ސޮއިކުރެއްވުމުން ޕީޕީއެމުން ވަނީ އޭނާ އެ ޕާޓީން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ