ރާއްޖެޓީވީ ޕޯލް: އިއްތިހާދުގެ ކެންޑިޑޭޓަކަށް ގާސިމް

ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓަކަށް އެންމެ އެކަށީގެންވަނީ ކޮންބޭފުޅެއްތޯ ބެލުމަށް ރާއްޖެޓީވީން މިއަދު ނެގި ޓްވިޓަރ އޮންލައިންގެ ޕޯލް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކާމިޔާބު ކުރައްވައިފިއެވެ.
ގާސިމްގެ އިތުރުން ދެން މި ޕޯލްގައި ހިމަނާފައިވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ގެ ނަންފުޅެވެ.
ވޯލްގެ ވަގުތު ހަމަވިއިރު ޖުމްލަ 10376 ވޯޓް ޕޯލަށް ލިބިފައިވާއިރު ގާސިމްވަނީ ޖުމްލަ ވޯޓްގެ 43 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ.
ޕޯލުން ދެވަނަ ލިބިވަޑައިގެންނެވި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އަށް 30 އިންސައްތަ ލިބިވަޑައިގެންނެވި އިރު 25 އިންސައްތަ އާއި އެކު ތިން ވަނަ ލިބިވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. ރައީސް މައުމޫނަށް ލިބިވަޑައިގެންނެވީ ދެ އިންސައްތަ އެވެ.Raees Yameen ge verikan badhalu kuran idhikolhu coalition ge candidate eh gothugai enme ekasheegen vanee kon beyfulheh?— RaajjeTVPoll (@RaajjeTVPoll) December 31, 2017ޕޯލްގެ ނަތީޖާ މިގޮތަށް ނިކުތްއިރު، އިދިކޮޅު އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަށް އިއްތިހާދުންދަނީ މަސައްކަތް ތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ