ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެއަށް ފުލުހުން ވަދެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ފާރިސް މައުމޫން ދިރިއުޅުއްވާ އެޕާޓްމެންޓު ފާސްކުރުމަށް ފުލުހުންގެ ޓީމަކުން ވަނުމަށްފަހު އެމަނިކުފާނުގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެ އަށްވެސް ފުލުހުން ވަދެފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
އެންދެރިމާގެ ވެސް ފާސްކުރުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެފައިވާއިރު ކޯޓު އަމުރުގައި އެ ގެ ފާސްކުރަނީ ކޮން ތުހުމަތަކަށް ބިނާކޮށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން މިނިވަން ކޮށްފައިވާ ފާރިސް މައުމޫން ހައްޔަރުކުރަން އުޅޭ ކަމުގެ އަޑު ފެތުރިފައިވާއިރު ރައީސް ޔާމީން ފާރިސް ހައްޔަރުކުރުމަށް އަންގާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
އިތުރު ތަފްސީލު އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ