އައިފާ 2018: ނޮމިނޭޝަންގެ ކުރީގައި 'ތުމްހާރީ ސުލޫ'

މިދިޔަ އަހަރު ރިލީޒް ކުރި، ސުރޭޝް ތްރިވެނީގެ ކާމިޔާބު ފިލްމު 'ތުމްހާރީ ސުލޫ'، ކުރިއަށް އޮތް އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ (އައިފާ) އެވޯޑުގެ ގިނަ ކެޓަގަރީތަކަކުން އެވޯޑަށް ނޮމިނޭޓް ވެއްޖެއެވެ. ނަވާރަ ވަނަ އައިފާ އެވޯޑުގެ ޖުމްލަ ހަތް ކެޓަގަރީއަކުން އެ ފިލްމު ވަނީ އެވޯޑަށް ނޮމިނޭޓް ވެފައެވެ. ދެވަނައަށް އެންމެ ގިނަ ނޮމިނޭޝަންސް ލިބިފައި ވަނީ ރާޖްކުމާރު ރޯއީ އެކްޓްކޮށްފައިވާ ފިލްމު 'ނިއުޓަން' އަށެވެ. އިއްޔެ ހާމަކޮށްފައިވާ ނޮމިނޭޝަންތަކަށް ބަލާއިރު އެންމެ މޮޅު ފިލްމަށް ވާދަ ކުރަނީ 'ތުމްހާރީ ސުލޫ'، 'ނިއުޓަން'، 'ހިންދީ މީޑިއަމް'، 'ބަރްލީ ކީ ބަރްފީ،'ގެ އިތުރުން އަކްޝޭ ކުމާރުގެ 'ޓޮއިލެޓް އޭކް ޕްރޭމް ކަތާ،' އެވެ. ފާހަގަކޮށްލެވޭ އެވޯޑުގެ ނޮމިނޭޝަންތައް: އެންމެ މޮޅު އެކްޓަރު (ފިރިހެން): ރަންބީރު ކަޕޫރު: ޖައްގާ ޖާސޫސް އާދިލް ހުސައިން: މުކްތީ ބާވަން އަކްޝޭ ކުމާރު: ޓޮއިލެޓް އޭކް ޕްރޭމް ކަތާ އިރްފާން ޚާން: ހިންދީ މީޑިއަމް ރާޖްކުމާރު ރާއޯ: ނިއުޓަން އެންމެ މޮޅު އެކްޓަރު (އަންހެން): ޒައިރާ ވަސީމް: ސީކްރެޓް ސުޕަސްޓާ އާލިއާ ބަޓް: ބަދްރީނާތް ކީ ދުލްހަނިޔާ ސްރީދޭވީ: މޮމް ވިދްޔާ ބާލަން: ތުމްހާރީ ސުލޫ ބޫމީ ޕެދްނޭކަރު: ޝޫބް މަންގަލް ސާވްދާން އެންމެ މޮޅު ޑައިރެކްޓަރު: ސުރޭޝް ތްރިވެނީ: ތުމްހާރީ ސުލޫ ސަކެތް ޗައުދަރީ: ހިންދީ މީޑިއަމް އަނޫރާގް ބާސޫ: ޖައްގާ ޖާސޫސް އަޝްވިނީ އައްޔަރް ތިވާރީ: ބަރްލީ ކީ ބަރްފީ އަމިތް ވީ މަސުރްކަރް: ނިއުޓަން އެންމެ މޮޅު ސަޕޯޓިން އެކްޓަރު ( ފިރިހެން) ރާޖްކުމާރު ރާއޯ: ބަރްލީ ކީ ބަރްފީ ދީޕަކް ދޯބްރިޔަލް: ހިންދީ މީޑިއަމް ނަވާޒުއްދީން ސިއްދީގް: މޮމް ޕަންކަޖް ތްރިޕަތީ: ނިއުޓަން ވިޖޭ މައުރްޔާ: ތުމްހާރީ ސުލޫ އެންމެ މޮޅު ސަޕޯޓިން އެކްޓަރު ( އަންހެން) ސީމާ ޕާވާ: ބަރްލީ ކީ ބަރްފީ އަދި ޝޫބް މަންގަލް ސާވްދާން ތާބޫ: ގޯލްމާލް އަގެއިން މެހެރް ވިޖް: ސީކްރެޓް ސުޕަސްޓާ ނެހާ ދޫޕިއާ: ތުމްހާރީ ސުލޫ މި ފަހަރުގެ އައިފާ އެވޯޑްސް އޮންނާނީ ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައެވެ. އަންނަ މަހުގެ 22 އިން 24ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ހަފްލާގައި ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން ފެނިގެންދާނެއެވެ. އަހަރަކު އެއް ފަހަރު ބާއްވާ އެ ހަފްލާގައި މިއަހަރުގެ ޝޯ ހޯސްޓް ކުރާނީ ކާތިކް އާރްޔަން އަދި އާޔޫޝްމަން ކުރާނާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ